ބޮޑު ޚިޔާނާތުގެ ފައިސާ ނެގި މީހުން ހާމަކުރުމަށް ބޮޑު މުޒާހަރާއަކަށް

އެމްއެމްޕީއާރްސީ ބޮޑު ޚިޔާނާތުގެ ފައިސާ ޖަމާވި މަޖިލިސް މެމްބަރުންނާއި ސަރުކާރުގެ އިސް އޮފިޝަލުންގެ ނަންތައް ހާމަކުރުމަށް ގޮވާލައި ބޮޑު މުޒާހަރާއަކަށް ތައްޔާރުވެއްޖެއެވެ.
ޖުމުލަ 155 މީހުންގެ އެކައުންޓަށް އެފައިސާ އިން އެކި މިންވަރުން ޖަމާވެފައިވާ ކަމަށް އޭސީސީން ބުނެފައިވި ނަމަވެސް އޭގެ އެއްވެސް ތަފްސީލެއް ދީފައެއް ނުވެއެވެ. ފައިސާ ނެގި މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ 18 ވަނަ މަޖިލިސް ތަމްސީލު ކުރެއްވި ބޮޑު އަޣުލަބިއްޔަތެއް ހިމެނޭ ކަމަށް އަޑު ފެތުރިފައިވެއެވެ.
މި މީހުންގެ ނަންތައް ހާމަކުރުމަށް ގޮވާލައި ބޮޑު މުޒާހަރާއަކަށް ތައްޔާރުވަމުން އަންނަ ކަން އިއުލާން ކޮށްފައިވަނީ އޭޖީ އޮފީހުގެ ކުރީގެ ސްޓޭޓް ކައުންސެލް މަރިޔަމް ޝުނާނާއެވެ.
އަށާރަ ވަނަ މަޖިލީހުގައި ތިއްބެވި ވަރަށް ގިނަ މެމްބަރުން އަންނަން އޮތް މަޖިލީހަށް ވެސް ކުރިމަތިލާފައިވާއިރު ޚިޔާނާތުގެ ފައިސާ ނެގި ފަރާތްތައް ހާމަކުރުމަށް އެތައް ބަޔަކު އަންނަނީ ގޮވާލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ