އެމްޑީޕީ އަށް ސޮއި ނުކުރަންވީ ސަބަބެއް ނެތް:މެމްބަރު ލަތީފް

އެމްޑީޕީ އަށް ސޮއި ނުކުރަންވީ އެއްވެސް ސަބަބެއް ނެތް ކަމަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލް ލަތީފް މުހައްމަދު ވިދާޅުވެއްޖެއެވެ.
މެމްބަރު ލަތީފް ވަނީ އޮތްތަނުގައި ދެމި ހުންނަވާނީ އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެކުގައި ކަމަށް ވިދާޅުވެފައެވެ.
ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވާދަކުރެއްވުމާއި ގުޅޭގޮތުން މެމްބަރު ލަތީފް ވާދަކުރައްވާނީ އެމްޑީޕީ ޓިކެޓްގައިތޯ ސުވާލުކުރެއްވުމުން މެމްބަރު ލަތީފް ވިދާޅުވީ އެޕާތީ އާއ ނުގުޅެންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.
އަމިއްލަ ކެނޑިޑޭޓެއްގޮތުގައި މަޖިލީހުގެ ދިއްދޫ ދާއިރާގެ ގޮނޑި ކާޟިޔާބު ކުރެއްވުމަށްފަހު މެމްބަރު ލަތީފް ޕީޕީއެމް އާއި ގުޅިވަޑައިގތެވެ. އެއަށްފަހު ގޮނދިގެއްލުނު 12 މެމްބަރުންގެ ތެރޭގައި ލަތީފްވެސް ހިމެނި ވަޑައިގަންނަވައެވެ.
ރައީސް މުހައްމަދު ނަޝީދު ދިއްދު އަށް ކުރެއްވި ދަތުރުފުޅުގައި އެއްމެ އިސްކޮށް އުޅުއްވީ ވެސް މެމްބަރު ލަތީފް އެވެ.
"ކޯލިޝަންގެ ނިންމުމަށް އަޅުގަނޑު އިހުތިރާމު ކުރާނަން. އެގޮތަށް އަމަލު ކުރާނީ،" މެމްބަރު ލަތީފް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ