ސުޕްރީމް ކޯޓުގެ ނިންމުން ގަބޫލު ނުކުރަނީ "ޖާހިލު އަދި އުނި" ބޭފުޅުން: ޑރ. ޖަމީލް

ސްޕްރީމް ކޯޓަށް އެ ކޯޓުގެ މައްސަލަތައް އަލުން ރިވިއުކުރުމުގެ ބާރު އޮންނާނެކަމަށާއި، އޭނޫން ގޮތަަކަށް ޤާނޫނީ ވަކީލަކު ގަބޫލުކުރައްވާނަމަ އެބޭފުޅަކީ "ޖާހިލު އަދި އުނި" ބޭފުޅެއްކަމަށް ކުރީގެ ނައިބުރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
މިއަދު ހެނދުނު ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒު މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެގެ ފޮޓޯއިން ހަބަރަކާއެކު ޑރ. ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ދުނިޔޭގެ އެކިކަންކޮޅުތަކުގައި ސްޕްރީމް ކޯޓުތަކުން އަދުލް އިންސާފާއި ދެކޮޅަށް ނިންމާފައިވާ ކަންކަން އެ ކޯޓުތަކުން އަލުން ރިވިއުކުރަމަކީ މިހާތަނަށް އަމަލުކުރަމުން އައިސްފައިވާ އުސޫލެއްކަމަށެވެ. Supreme Court’s authority to review own decision is established legal principle to address serious injustice & employed by SCs worldwide. Any lawyer advocating otherwise is either ignorant or prejudicious. SC’s recent ruling to review some rulings is perfectly within its power. pic.twitter.com/E4rhBzn5oh— Mohamed Jameel Ahmed (@MJameelAhmed) November 27, 2018
ސްޕްރީމް ކޯޓުން އިއްޔެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރުމާއެކު، ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މައްސަލާގައި ޒިންމާ ނަގާނީ ކާކު ތޯ އާޒިމާ ވަނީ ސުވާލު އުފައްދަވާފައެވެ.
އާޒިމާ ޝަކޫރު ފޭސްބުކު ޕޭޖުގައި ވިދާޅުވެފައިވަނީ އަބްދުﷲ ގާޒީ ގާނޫނާއި ހިލާފަށް ހައްޔަރުކޮށްގެން 21 ދުވަސްވަންދެން ގެންގުޅުނު މައްސަލަ ސައްހަވެގެންދިޔައިރު، ކޯލިޝަން ލީޑަރުންނާއި މިހާރުގެ ވަޒީރުންގެ މަޖިލިސް މެމްބަރުން ތިއްބެވީ ހަނު ކަމަށެވެ.
ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް 2015 ވަނަ އަހަރު އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް ސްޕްރީމް ކޯޓުން ބާތިލް ކޮށްފައިވަނީ އިއްޔެއެވެ. ސްޕްރީމް ކޯޓުން ރައީސް ނަޝީދުގެ ހުކުމް ބާތިލް ކުރީ، ދަށު ކޯޓުން އެމަނިކުފާނުގެ މައްޗަށް އިއްވި ހުކުމް ރިވިއު ކުރުމަށް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އެ ކޯޓަށް ހުށަހެޅި މައްސަލަ ބެލުމަށް ފަހު އިއްވި ހުކުމުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ