ރައީސް އިބޫގެ ސަރުކާރުން ކޮރަޕްޓް މީހުންނަށް ޖާގަ ނުދޭނަކަމަށް ކުރެވުނު ހީކުރުމަކީ ކުށްހީއެއް: އުމަރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ސަރުކާރެއްގައި ކޮރަޕްޓް މީހުންނަށް ޖާގަ ނުދެއްވާނެ ކަމަށް ހީކުރެވުނު ކަމަށާއި ނަމަވެސް އެއީ ކުށް ހީއަކަށް ބަދަލުވެއްޖެކަމަށް ކުރީގެ ހޯމް މިނިސްޓަރު، އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ. އުމަރު މިރޭ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް އިބޫގެ ސަރުކާރުން ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ފައްޓަވާ، އިބޫގެ ސަރުކާރުން ކޮރަޕްޓް މީހުނަށް ފުރުސަތު ނުދޭނެ ކަމަށް ހީކުރެވުނު ކަމަށެވެ. ނަމަވެސް ކުރެވުނީ ކުށްހީއެއްކަމަށް އެނާ ވިދާޅުވިއެވެ.. "ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގެ ސަރުކާރުން ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ފައްޓަވާ، ކޮރަޕްޓް މީހުންނަށް ސަރުކާރުން ޖާގަ ނުދެއްވާނެ ކަމަށް ހީކުރެވުނު ހީކުރެވުން މިވަނީ ކުށް ހީ އަކަށް ބަދަލު ވެފައި،" އުމަރު މިރޭ ރައީސް އިބު ސަރުކާރަށް ފާޑު ވިދާޅުވެ ކުރެއްވި ޕޯސްޓުގައި ވެއެވެ. ރައީސް އިބޫ ވަނީ އިއްޔެ މި ސަރުކާރުގެ ކެބިނެޓް އެކުލަވާލައްވާފައެވެ. ބައެއް ފަރާތްތަކުން ދަނީ އެ ކެބިނެޓަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. އެގޮތުން ކެބިނެޓްގެ މިނިސްޓަރުންގެ ތެރޭގައި ވިޔަފާރި މަސްލަހަތު ފުށުއަރާ އަދި އެ މިނިސްޓްރީ އަކަށް ގާބިލް ނޫން ބޭފުޅުން އައްޔަން ކުރައްވާފައިވާ ކަމަށް ބުނެ އެމްޑީޕީއަށް ނިސްބަތްވާ ބައެއް ބޭފުޅުން ވެސް ވަނީ މި ސަރުކާރަށް ފާޑުކިޔާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ