ނިމިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ ހުދުމުހުތާރު ވެރިކަމެއްގެ މައި ބަދަ ބިންދާލި ތާރީޚީ އަމުރެއް ކަމުގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ޖަލު ބަންދުގައި ތިބި ސިޔާސީ ހައްޔަރީން މިނިވަންކޮށް ރާއްޖޭގައި ޑިމޮކްރަސީގެ ރީތި ހަމަތައް އަނބުރާ ގެނައުމަށް ސުޕްރީމް ކޯޓުން ނެރުނު ބޮޑު އަމުރަށް މިއަދު އެއް އަހަރު ފުރިފައިވާ ކަމަށެވެ. މި އަމުރަށް އެއް އަހަރު ފުރިފައިވާއިރު މި އަމުރަކީ ރާއްޖޭގައި އޭރު އޮތް ހުދުމުހުތާރު ވެރިކަމުގެ މައިބަދަ ބިންދާލި ތާރީހީ އަމުރެއް ކަމުގައި ރައީސް މައުމޫންގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.
2017 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ވަނީ އޭރު ޖަލަށް ލާފައި ތިބި ސިޔާސީ ގިނަ ހައްޔަރީން މިނިވަން ކުރުމަށް އަމުރު ކޮށްފަ،،
ކޯލިޝަން ޕާޓީތަކުގެ ލީޑަރުންގެ ތެރެއިން އޭރު މިނިވަނެއްގެ ގޮތުގައި ހުންނެވީ ރައީސް މައުމޫން އެކަންޏެވެ. އަދި އޭރު ހައްޔަރީންގެ ގޮތުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން އަމުރުގައި މިނިވަން ކުރުމަށް ނެތީ ކުރީގެ ނާއިބުރައީސް އަހުމަދު އަދީބެވެ.
އެހެންނަމަވެސް އޭރުގެ ސަރުކާރުން ވަނީ ސުޕްރީމް ކޯޓުގެ ފުލް ބެންޗުގެ އިއްތިފާގުން ނެރުނު މި އަމުރު ތަންފީޒު ނުކޮށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ރައީސް މައުމޫންވެސް ހައްޔަރު ކޮށްފައެވެ. އަދި ކުއްލި ހާލަތުގެ ދުވަސްތަކުގެ ތެރޭގައި ރައީސް މައުމޫނުގެ އިތުރަށް އޭރުގެ އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދާއި، ސުޕްރީމް އޭރުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދު ވެސް ހައްޔަރުކޮށް ވަނީ ޓެރަރިޒަމްގެ ދައުވާއާއި މި ނޫންވެސް ތަފާތު ދައުވާތަކެއް އުފުލާފައެވެ.
ރައީސް ޔާމީނުގެ ސަރުކާރުގައި އެ ސަރުކާރު ދެމެހެއްޓުމުގެ ގޮތުން ހުރިހާ ސިޔާސީ ލީޑަރުން ޖަލު ބަންދުކޮށްފައިވީ ނަމަވެސް 2018 ވަނަ އަހަރުގެ އިންތިހާބުން އެމަނިކުފާނަށް ވަނީ ނާކާމިޔާބުވެވަޑައިގެންފައެވެ. އެމަނިކުފާނުގެ ނާކާމިޔާބީއާ އެކު، ޖަލު ބަންދުގައި ތިއްބެވި ހުރިހާ ސިޔާސީ ލީޑަރުންވެސް ވަނީ މިނިވަންވެވަޑައިގެންފައެވެ. އަދި އެގޭ ތެރެއިން ގިނަ ލީޑަރުންގެ މައްޗަށް ކޮށްފައިވާ ހުކުމްތައްވެސް ވަނީ ބާތިލްކޮށްފައެވެ.
އެހެންނަމަވެސް ރައީސް ޔާމީންގެ ސަރުކާރުގައި ބަންދު ކުރި ބޭފުޅުންގެ ތެރެއިން ކުރީގެ ނާއިބުރައީސް އަހުމަދު އަދީބު އަދިވެސް ހުންނެވީ ބަންދުގައެވެ.
ފެބްރުއަރީ އެކެއްގެ އަމުރަކީ ސަރުކާރުގެ މައިބަދަ ބިންދާލި އަމުރެއް: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ