ނޫސްވެރިކަމުގެ ލައިފްޓައިމް އެޗީވްމެންޓް އެވޯޑް އަބްދުﷲ ސޯދިގަށް

ރާއްޖޭގެ ނޫސްވެރިކަމަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ލިޔުންތެރިޔާ އަބްދުﷲ ސޯދިގު (ސޯދުބެ) ނޫސްވެރިކަމުގެ ލައިފްޓައިމް އެޗީވްމެންޓް އެވޯޑް ހާސިލްކުރައްވައިފަ އެވެ.
ސޯދުބެއަށް މި އެވާޑު އެރުވީ ރާއްޖޭގެ ނޫސްވެރިކަމަށް 75 އަހަރު ފުރުމުގެ އަލިމަސްޔޫބީލް ފާހަގަ ކުރުމަށާއި ނޫސްވެރިކަމުގެ މިދިޔަ އަހަރުގެ އިނާމުތައް ދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލާއި ހޯމް މިނިސްޓްރީ ގުޅިގެން މިރޭ ބޭއްވި ހާއްސަ ހަފްލާއެއްގައެވެ.
މިރޭ މި އެވާޑު ހާސިލު ކުރެއްވި ސޯދުބެ ވަނީ ޓީވީ މޯލްޑިވްސް އާއި ދިވެހިރާއްޖޭގެ އަޑުގެ އިތުރުން ރާއްޖޭގެ އެންމެ ޒަމާންވީ ނޫސް ކަމުގައިވާ ސަރުކާރުގެ ޚަބަރުގެ ނޫސްވެރިއެއްގެ ގޮތުގަ އާއި، ވިޔަފާރި މިއަދު އަދި މޫންލައިޓް ފަދަ ނޫސްތަކުގައި ވެސް މަސައްކަތްކުރައްވައިފަ އެވެ.
މިރޭގެ ޖަލްސާގައި ނޫސްވެރިކަމުގެ އިނާމުތައް މިދިޔަ އަހަރު ހާސިލްކުރި ނޫސްވެރިންނަށް ވެސް ވަނީ އިނާމު ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ