ހަފްތާ ބަންދުގައި ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

ގްރޭޓާ މާލެ ގްރިޑް އެނާޖައިޒްކުރުމުގެ މަސައްކަތް އަދިވެސް ކުރިޔަށް ދާތީ މި ހަފްތާ ބަންދުގައިވެސް މާލެ ހުޅުމާލެއިން ކަރަންޓު ކެނޑުން އެކަށިގެންވާކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)އިން ބުނެފިއެވެ. ސްޓެލްކޯއިން ބުނީ ޓެކްނިކަލް މައްސަލައެއް ދިމާ ނުވާނަމަ ހޮނިހިރު ދުވަހުގެ ނިޔަލަަށް މި މަސައްކަތް ނިންމާލެވޭނެކަމަށެވެ. މާލެއާއި ހުޅުމާލޭގެ ކަރަންޓު އެއް ވިއުގައަކުން ގުޅާލައިފައިވަނީ މިދިޔަ ހޯމަދުވަހެވެ. ސްޓެލްކޯއިން ބުނީ މިއީ އެ ކުންފުނިން ހާސިލްކުރި ވަރަށް ބޮޑު ކާމިޔާބެއް ކަމަށެވެ. އަދި މި މަސައްކަތާއެކު މިހާރު މާލެއިން ހުޅުމާލެއަށް އަދި ހުޅުމާލެއިން މާލެއަށް ކަރަންޓު ފޯރުކޮށްދެވިގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ ގްރޭޓާމާލޭ ގްރިޑް ކަނެކްޝަނަކީ މާލެއާއި، ހުޅުމާލެ އަދި ހުޅުލޭގެ ކަރަންޓު ވިއުގަ 132ކޭވީ ގެ ހަތް ކިލޯމީޓަރުގެ ދެ ސާކިޓްއިން ގުޅާލެވޭ މަޝްރޫއެކެވެ. އަދި މި މަޝްރޫގެ ދަށުން ހުޅުމާލެ އަދި މާލޭގައި 95 އެމްވީއޭގެ ޖުމްލަ ހަތަރު ޓްރާންސްފޯމަރާއި، ހުޅުލޭގައި އަށް އެމްވީއޭގެ ދެ ޓްރާންސްފޯމަރު ވަނީ ބަހައްޓާފަ އެވެ. މި ކަރަންޓުވިއުގައިން ކޮންމެ ސާކިޓަކުން 100 މެގަވޮޓްގެ ހަކަތަ ފޮނުވުމުގެ ގާބިލްކަން ލިބިގެންދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ