ފެނަކައިން ކަރަންޓް އުފައްދާ ޖެންސެޓް އަމިއްލައަށް އެސެމްބަލްކުރަން ފަށައިފި

ފެނަކައިން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ހިދުމަތްތައް އިތުރަށް ތަރައްގީކޮށް ދެމެހެއްޓެނިވި ގޮތެއްގައި އީޖާދީ ވިސްނުންތަކާއެކު ހިދުމަތްތައް ފުޅާކުރުމަށް ކުރާ މަސައްކަތްތަކަށް އާ ބޮޅެއް އިތުރުކޮށް ރަށްރަށަށް ބޭނުންވާ ޖެންސެޓްތައް ކުންފުނިން ރާއްޖޭގައި އެސެމްބަލް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
މި އަހަރު ޖޫން މަހު ފެށި މި މަސައްކަތުގެ ދަށުން މިހާތަނަށް ވަނީ 6 ރަށަކަށް ބޭނުންވާ ޖެންސެޓްތައް އެސެމްބަލްކޮށް އިންސްޓޯލްކޮށް ހިދުމަތްދޭން ފަށާފަ އެވެ. އަދި ފާއިތުވި 5 މަސްދުވަހު ކުރެވުނު މަސައްކަތުގެ ނަތީޖާ ރަނގަޅުވެފައި ކާމިޔާބެވެ.
މި މަސައްކަތް ފެނަކަ އިން ކުރަނީ ރާއްޖެއިން ބޭރުން އިތުބާރު ހިފޭ އޮރިޖިނަލް ސްޕެއަރ ޕާރޓްސް ގެނެސް ރަށްރަށުގައި ހުންނަ ކުންފުނީގެ ވޯކްޝޮޕްތަކުގައި ކުންފުނީގެ ދިވެހި އިންޖިނިއަރުން މަސައްކަތް ކޮށްގެންނެވެ. މިގޮތުން މިހާރު މިކުންފުނީގައި 100ކވ އިން ފެށިގެން 1000ކވ އާ ހަމައަށް ޑީސަލް އިންޖީނު އެސެމްބްލް ކުރުމުގެ ޤާބިލްކަން ހުރިކަންމެވެ ފެނަކައިން ފާހަގަކުރެ އެވެ.
ފެނަކައިން ކަރަންޓް އުފައްދާ ޖެންސެޓް އަމިއްލައަށް އެސެމްބަލްކުރަން ފަށައިފި-- ފޮޓޯ: ފެނަކަ
ފެނަކައިން ކަރަންޓް އުފައްދާ ޖެންސެޓް އަމިއްލައަށް އެސެމްބަލްކުރަން ފަށައިފި-- ފޮޓޯ: ފެނަކަ
ފެނަކައިން ކަރަންޓް އުފައްދާ ޖެންސެޓް އަމިއްލައަށް އެސެމްބަލްކުރަން ފަށައިފި-- ފޮޓޯ: ފެނަކަ
މިގޮތަށް މި މަސައްކަތް ކުރުމުން ރާއްޖެއިން ބޭރުން އިންޖީނު އެތެރެކުރުމާ އަޅާބަލާއިރު ހަރަދު ކުޑަވެ، ވަގުތު ސަލާމަތްވެ، ދެމެހެއްޓެނިވި އިތުބާރުހުރި ހިދުމަތެއް ދިނުމަށް މަގުފަހިވެގެން ގޮސްފައިވެ އެވެ.
މި މަސައްކަތް އިތުރަށް ފުޅާ ކުރުމުގެ ގޮތުން ގދ. ތިނަދޫގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދީ ވޯރކްޝޮޕް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އޮޕަރޭޝަނަށްލުމަށް މަސައްކަތް ކުރަމުންދާކަމަށް ފެނަކައިން ބުނެ އެވެ. އަދި ފެނަކައިން ބުނީ އެންމެ ޒަމާނީ ފުރިހަމަ ވަސީލަތްތަކާއެކު ގާއިމްކުރެވޭ މި ވޯކްޝޮޕް ވެގެންދާނީ ރާއްޖޭގައި މި މަސައްކަތް އެންމެ ފުރިހަމައަށް ކުރެވޭ ވޯކްޝޮޕް ކަމުގަ އެވެ.
ފެނަކައިން ކަރަންޓް އުފައްދާ ޖެންސެޓް އަމިއްލައަށް އެސެމްބަލްކުރަން ފަށައިފި-- ފޮޓޯ: ފެނަކަ
ފެނަކައިން ކަރަންޓް އުފައްދާ ޖެންސެޓް އަމިއްލައަށް އެސެމްބަލްކުރަން ފަށައިފި-- ފޮޓޯ: ފެނަކަ
ރަށްރަށަށް ބޭނުންވާ އާރްއޯ ޕްލާންޓްތައްވެސް ފެނަކައިން ރާއްޖޭގައި އެސެމްބަލްކޮށް އިންސްޓޯލްކޮށް ހިދުމަތް ދެމުން ދާއިރު މިހާރު އަމާޒު ހިފާފައިވަނީ އެ މަސައްކަތްތައްވެސް އިތުރަށް ފުޅާކޮށް އިތުރު ހަރުފަތަކަށް ގެންދިއުމަށެވެ.
މިގޮތަށް މަސައްކަތްތައް ބައްޓަން ކުރެވުމުން މިހާރު ޕްލާންޓްތައް ހިންގުމުގައި ދިމާވާ ދަތިތަކަށް ރިއާޔަތްކޮށް ރާއްޖޭގެ މާހައުލަށް އެންމެ އެކަށޭނަ އަދި ރައްޔިތުންނަށް އިތުބާރާއެކު މިހާރަށްވުރެ ފުރިހަމަ ހަރަދު ކުޑަ ހިދުމަތްތަކެއް ދިނުމަށް މަގުފަހިވެގެންދާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ