ޑރ. މުހައްމަދު ޖަމީލް އަހުމަދު ނައިބު ރައީސްކަމުންް ވަކިކުރި މައްސަލަ ނުބެެލޭނެކަމަށް ސުޕްްރީމް ކޯޓުން ހުކުމްކޮށްފިއެވެ.
ޑރ. ޖަމީލް ސުޕްރީމްް ކޯޓަށް ހުށަހަޅާފައި ވަނީ ރައްޔިތުންގެ މަޖިލީހުން އޭނާ މަގާމުން ވަކިކޮށްފައި ވަނީ ގާނޫނާއި ހިލާފަށް ކަމަށް ބުނެއެވެ. މިއަދު ސުޕްރީމް ކޯޓުންް މި މައްސަލަ އާއި ގުޅިގެން އިއްވި ހުކުމުގައި ވިދާޅުވެފައި ވަނީ މި މައްސަލަ ފުރަތަމަ ހުށަހަޅަން ޖެހޭނީ ސިވިލްް ކޯޓަށް ކަމަށާއި، މި މައްސަަލަ ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށެވެ.
މި މައްްސަލަ ބެލުމަށް އުއްތަމަ ފަނޑިޔާރު ޑރ. މުއުތަސިމް އަަދުނާން ހިމެނޭގޮތަށް ފަސް ފަނޑިޔާރުންގެެ ބެންޗެއް ވަނީ އެެކުލަވާލާފައެެވެ. މި މައްސަލައިގެ ރައުޔު އިއްވާފައި ވަނީ ޑރ.އަޒްމިރާލްދާ ޒާހިރެވެ. އެެހެން ފަނޑިޔާރުން ވަނީ މި ރައުޔަށް ތާއިދުކޮށްފައެވެ.
ހުކުމުގައި ވިދާޅުވެފައި ވަނީ ޑރ. ޖަމީލްގެ ފަރާތުން ހުށަހަޅާފައިވާ މި މައްސަލައަކީ ދިވެހި ރާއްޖޭޭގެެ ކޯޓުތަކުގެ ގާނޫނުގެ 11 ވަނަ މާއްދާއަށް ފެތޭ މައްސަލައެއް ނޫން ކަމަށާއި، މި މައްސަލައަކީ 274 ވަނަ މާއްދާގެ (ހ)ގައި ބަޔާންކުރާފަދަ ދުސްތޫރީ މައްސަލަތަކުގެ ބާވަތްތަކުގެ ތެރެއިން ދައުލަތުގެ އިދާރާއަކުން ނެރޭ އަމުރަކާއި އަދި އެފަދަ އިދާރާއެއްގެ މުވައްޒަފަކު ނުވަތަ ނިންމާފައިވާ ނިންމުމެއް ޤާނޫނުއަސާސީއާ ޚިލާފުވާކަމަށް ބުނާ މައްސަލައެއް ކަމުން މި މައްސަލަ ބެލުމުގެ އިހްތިސާސް އޮތީ ސިވިލްކޯޓަށް ކަމަށެވެ.
ޑރ. އަޒްމިރާލްދާ ވިދާޅުވީ، މި މައްސަލައިގެ ފުރަތަމަ މަރުހަލާގައި މި މައްސަލައަކީ އެ ކޯޓަށް ބެލެވެން ނެތް މައްސަލައެއް ކަމަށް ނިންމި ނަމަވެސް ރައްޔިތުންގެ މަޖިލީހުން ގާނޫނާ ހިލާފުވެފައިވާނަމަ އެ މައްސަލައެއް ދިވެެހިރާއްޖޭގެެ ކޯޓުތަކުން ބެލޭނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގައި ކަމެއް ހިނގި ގޮތް ޤާނޫނުއަސާސީއާ ޚިލާފުކަމަށް ތުހުމަތުކުރެވޭނަމަ، އެކަމެއްގެ ޞައްޙަކަން ކަނޑައެޅުމަށްޓަކައި ކޯޓަށް ހުށަހެޅިދާނެކަަމަށާއި، ހުކުމުގައި ބުނެފައި ވަނީ ޤާނޫނުއަސާސީގެ 8 ވަނަ މާއްދާގެ ދަށުން ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ހިންގަންވާނީ ޤާނޫނުއަސާސީގައިވާ ގޮތުގެ މަތިންކަމަށް ބަޔާން ކޮށްފައިވާއިރު، ޤާނޫނުއަސާސީގެ ސިޔާދަތަށް ޤާނޫނުއަސާސީގެ 258 ވަނަ މާއްދާއިން އިތުރަށް ބާރު ލިއްބައިދޭ ކަމަށް ހުކުމުގައި ވަނީ ބަޔާންކޮށްފައެވެ.
އަދި މިނޫންވެސް ޤާނޫނުއަސާސީގެ އެހެނިހެން މާއްދާތަކުގައިވެސް، ޤާނޫނުއަސާސީއާ އެއްގޮތަށް ޢަމަލުކުރުމަށް ތަކުރާރުކޮށް ބާރުއަޅާކަން ފާހަގަ ކުރެވޭ ކަމަށާއި ޤާނޫނުއަސާސީއިން ދައުލަތުގެ އެއްވެސް ބާރެއް ނުވަތަ އެއްވެސް މިނިވަން މުއައްސަސާއެއް ނުވަތަ އިދާރާއެއްވިޔަސް ޤާނޫނުއަސާސީއަށް ޢަމަލުކުރުމާއި ތަބާވުމުގައި އިސްތިސްނާ ކުރެވިފައިނުވާ ކަމަށް ވެސް ހުކުމުގައި ވަނީ ފާހަގަކޮށްފައެވެ.
ޑރ. ޖަމީލް ނައިބުރައީސް ކަމުގެ މަގާމުން ވަކިކޮށްފައި ވަނީ އެމަނިކުފާނު ބޭރުގައި ހުންނަވަނިކޮށެވެ. އެހިސާބުން ފެށިގެން އޭރު ވެރިކަންކުރި ރައީސް ޔާމީީންގެ ސަރުކާރާއި ދެކޮޅުވެެ، ގިނަ ފާޑުކިއުންތަކެއް ސަރުކާރަށް ވަނީ އަމާޒުކޮށްފައެވެ. އަދި ހައްޔަރުކޮށްފާނެކަމުގެެ ބިރަށް ދިގު މުއްދަތެއް ވަންދެއް ރާއްޖެއިން ބޭރުގައިވެސް ހޭދަކުރިއެެވެ.
ޑރ. ޖަމީލް ނައިބު ރައީސްކަމުންް ވަކިކުރި މައްސަލަ ނުބެލޭނެ ކަަމަށް ސުޕްްރީމް ކޯޓުން ހުކުމްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ