ރައްޔިތުން މަޖިލީހުގެ ތިމަރަފުށި ދާއިރާގެ ގޮނޑި އަލުން ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ތިމަރަފުށި ދާއިރާގެ ގޮނޑި ފުރުއްވަމުން އައި މުހައްމަދު މުސްތަފާ މިއަދު ވިދާޅުވެއްޖެ އެވެ.
ސުނާމީ ބިނާ ސަރަހައްދުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުސްތަފާ ވިދާޅުވީ ކޯޓުން ކުރި ހުކުމަށް ތަބާވާނެ ކަމަށާއި އަދި އަލުން ތިމަރަފުށީ ދާއިރާގެ ގޮނޑިއަށް ކުރިމަތިލައްވާނެ ކަމަށެވެ.
އަދި ތިމަރަފުށީ ދާއިރާގެ ގޮނޑިއަށް އަލުން ކުރިމަތި ލެއްވުމަށް އެ ދާއިރާގެ މެންބަރުން އެދެމުންދާ ކަމަށާއި އެ ގޮނޑި ކާމިޔާބު ކުރެވޭނެ އެހެން ކެންޑިޑޭޓެއް ހުންނާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް މުސްތަފާ ވިދާޅުވި އެވެ.
އެމްޑީޕީގެ ސްޕޯކްސްޕާސަން އިމްތިޔާޒް ފަހުމީ ވިދާޅުވީ ތިމަރަފުށީ ދާއިރާގެ އިންތިހާބު ބޭއްވުމަށް އިލެކްޝަނުން އިއުލާން ކުރުމުން އެ ދާއިރާ އަށް އެމްޑީޕީން ކުރިމަތިލާނެ ކެންޑިޑޭޓެއް އެ ޕާޓީން ނިންމާނެ ކަމަށެވެ.
ތިމަރަފުށީ ދާއިރާގެ ގޮނޑިއަށް މުސްތަފާ ކުރިމަތި ލެއްވުމަށް އެމްޑީޕީން ނިންމާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި އަދި އެ ގޮނޑި މުސްތަފާ ކާމިޔާބު ކުރައްވާނެ ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށް ވެސް އިންތި ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުސްތަފާގެ ގޮނޑި މިއަދުން ފެށިގެން ގެއްލިއްޖެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފައި ވަނީ މުސްތަފާ މެންބަރުކަމުން ވަކިވެއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ޕީޕީއެމްގެ އިންތިގާލީ ނައިބު ރައީސް އުމަރު ނަސީރު ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.
ތިމަރަފުށީ ދާއިރާގެ ގޮނޑި އަލުން ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް: މުސްތަފާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ