(ގދ. ތިނަދޫ) މާދަމާ އިރުއޮއްސުމުގެ ކުރިން މިރަށަށް ކަރަންޓް ދެވޭނެ ކަމަށް، ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
ފެނަކައިން އެ ސަރަހައްދަށް ކަނޑައަޅާފައި ހުންނަވާ މެނޭޖަރު ވިދާޅުވީ، މާދަމާ އިރުއޮއްސުމުގެ ކުރިން އެ ރަށަށް ކަރަންޓް ދެވޭނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާ ކަމަށެވެ. ރޭ ތިނަދޫ ކައުންސިލުން ބުނީ، މިރޭގެ ވަގުތެއްގައި ކަރަންޓް ދެވޭނެ ކަމަށެވެ.
ކަރަންޓް ދިނުމަށް ބޭނުންވާ އެއް މެގަ ވޯލްޓްގެ 2 ޖަނަރޭޓަރު ހިފައިގެން އައި ކޮޅު ވެއްޓި މި ރަށަށް ބަނދަރުކޮށްފައިވަނީ، ހެނދުނު 7:20 ހާއިރުއެވެ. ނަމަވެސް ޖަނަރޭޓަރުތަށް މި ރަށަށް ބޭލުމުގެ މަސައްކަތް ފެށިފައެއް ނުވެއެވެ.
ވަގުތަށް" މައުލޫމާތު ދެއްވަމުން ތިނަދޫ ކައުންސިލްގެ މެމްބަރު ސައުދު އަލީ ވިދާޅުވީ، ޖަނަރޭޓަރުތައް ނުބޭލި ގިނަ ވަގުތު ހޭދަވަނީ ދިޔަވަރ ހިކިފައި އޮތުމުން ކަމަށެވެ.
"ކޮޅުވެއްޓި އޮތީ ޖެޓީއަށްވުރެ ތިރީގައި، އޭގެ ވެއްޓޭބައި ވައްޓައިގެން ނޫނީ ޖަނަރޭޓަރތައް ނެގުމަކީ އުނދަގޫ ކަމެއް. އެހެންވެ މި ބަލަނީ ދިޔަވަރު ބޮޑުވެ ލޮނުގަނޑާއެކު ކޮޅުވެއްޓި މައްޗަށް ޖެހިލީމަ އޭތި ބާލަން" ސައުދު އަލީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިއަދު ދިޔަވަރު ބޮޑުވާނެ ކަމަށް ބެލެވޭ ގަޑިއަކީ ހަވީރު 15:00 ހާއިރު ކަމަށެވެ. ދިޔަވަރު ބޮޑުވުމުވާއެކު ޖަނަރޭޓަރުތައް ރަށަށް ބޭލުމަށްފަހު އިންޖީނުގެއަށް ގެންދާނީ ދަގަނޑު ހޮޅިތައް ބޭނުންކޮށްގެން އޭގެ މަތީގައި ޖަނަރޭޓަރުތައް ރޯލްކުރަމުންނެވެ.
މާދަމާ އިރުއޮއްސުމުގެ ކުރިން ތިނަދޫއަށް ކަރަންޓް ދެވޭނެ - ފެނަކަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ