"ބޮޑު މަހާސިންތާ" އަށް މިހާތަނަށް 8000 އަށްވުރެ ގިނަ މީހުން މާލެ އަތުވެއްޖެ: އިއްތިހާދު

ތޭވީސް ޑިސެމްބަރުގެ އިއްތިހާދުން މާލޭގައި މިއަދު ހަވީރު ބާއްވާ "ބޮޑު މަހާސިންތާ" އަށް އަތޮޅުތަކުން މިހާތަނަށް ގާތްގަނޑަކަށް 8000 އަށް ވުރެ ގިނަ މީހުން މާލެ އައިސްފައިވާ ކަމަށް އިއްތިހާދުން ބުނެފި އެވެ.
ތޭވީސް ޑިސެމްބަރުގެ އިއްތިހާދުގައި ހިމެނޭ ޑީއާރުޕީގެ މީޑިއާ ކޯޑިނޭޓަރު އަލީ ސޯލިހު މިއަދު ވިދާޅުވީ ރާއްޖޭގެ އެކި އަތޮޅުތަކުން މާލެއައުމަށް ނަން ނޯޓުކޮށްފައި ވަނީ 15،000 ވަރަކަށް މީހުން ކަމަށެވެ. ނަމަވެސް މިހާތަނަށް އަތޮޅުތަކުން މާލެ އައިސްފައި ވަނީ 8000 ވަރަކަށް މީހުން ކަމަށް ވެސް އަލީ ސޯލިހު ވިދާޅުވި އެވެ. އަދި ހަވީރު ވެސް ގިނަ ބަޔަކު އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާތަނަށް މާލެ އައިސްފައި ވަނީ ކޮން އަތޮޅުތަކަކުން ކަން އަދި ވިދާޅުވުމަށް ނޭނގޭ ކަމަށާއި ނަމަވެސް ތަފާތު އަތޮޅުތަކުން 35 އުޅަނދު މިހާރު މާލެ އައިސްފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ މާލެ އަތޮޅުގެ އެއްވެސް ރަށަކުން މިހާތަނަށް މާލެ އައިސްފައި ނުވާކަމަށާއި މާލެ އަތޮޅުން މީހުން އައުމަށް ހަމަޖެފައި ވަނީ މިއަދު ހަވީރު ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ