ނިހާޔަތު ސިވިލް ކޯޓުގެ ގާޒީ ކަމުން އިސްތިއުފާދެއްވައިފި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ސަސްޕެންޑްކޮށްފައި ހުންނެވި ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ނިހާޔަތު މިއަދު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ޖޭއެސްސީ އިން ނިހާޔަތު ސަސްޕެންޑް ކުރީ އޮގަސްޓް މަހުގެ 17 ވަނަ ދުވަހުއެވެ. އޭނާ ސަސްޕެންޑް ކުރީ ދައުވާކުރި ފަރާތުން ހާޒިރުނުވެގެން ބާތިލްކުރި ގަޒިއްޔާއެއް ކުރިއަށް ގެންދިޔަ ކަމަށް ބުނެ ހުށަހެޅި ޝަކުވާއަކާއި ގުޅިގެން އެމައްސަލަ ބަލައި ނިމެންދެންނެވެ.
ނިހަޔާތު މިއަދު އިސްތިއުފާ ދެއްވި ނަމަވެސް އޭނާ އިސްތިއުފާ ދެއްވި ސަބަބެއް އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައެއް ނުވެއެވެ.
ނިހާޔަތު އަކީ ސިވިލް ކޯޓަށް ހުށަހެޅުނު ބޮޑެތި ބައެއް މައްސަލަތައް ބައްލަވާފައިވާ ގާޒީ އެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ