އެންމެ ގިނައިން ލިބޭ ޝަކުވާއަކީ ފޯމު ފުރުމަށްފަހު ރީރަޖިސްޓްރީ ނުވާ މައްސަލަ: މާރިޔާ

ރީރަޖިސްޓްރީ ކުރުމުގައި އެންމެ ގިނަ ފަރާތްތަކުން ކުރާ ޝަކުވާ އަކީ ރީރަޖިސްޓްރީކުރުމަށް ފޯމު ފުރުމަށްފަހު ރަޖިސްޓްރީ ނުވާ މައްސަލަ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ތަރުޖަމާނު މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
ސޯލްޓް ކެފޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މާރިޔާ ވިދާޅުވީ، ސިވިލް ސަރވިސް މުވައްޒަފުން ލައްވާ ފޯމު ފުރުމަށްފަހުގައި އެތަށް ދުވަހެއް ވެގެންދާއިރު ރަޖިސްޓްރީ ނުވާ ކަމަށް  ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ހޮޓްމެއިލްއަށް ގުޅުއްވާ ގިނަ ފަރާތްތަކެއް ޝަކުވާ ކުރަމުންދާ ކަމަށެވެ.
އިންތިހާބުގައި ވޯޓަށް މަކަރު ހަދާ ކަމުގައިވާ ނަމަ އެކަމުގެ މައުލުމާތު ހިއްސާކުރެއްވޭނެ ގޮތްތަކެއް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ވަނީ ހިއްސާކުރައްވާފައެވެ. އެގޮތުން jazeeraraajje.org/complaints  ވެބްސައިޓަށް ގޮސްގެން އިންތިހާބާ ބެހޭ ގޮތުން ބޭނުންވާ ޝަކުވާއެއް ހުށަހެޅޭނެއެވެ.
" އެންމެ ފުރަތަމަ ހުރިހާ ބޭފުޅުންވެސް 1414 އަށް އެސްއެމްއެސް ކުރައްވާ ރަޖިސްޓްރީވެފައިވޭތޯ ޔަގީން ކުރުން މުހިއްމު. މިހާ ހިސާބަށް އައިރު ރަޖިސްޓްރީ ނުވެ އޮތް ކަމުގައިވާ ނަމަ ތިބޭފުޅުންނަށް އިތުބާރު ހުރި ފަރާތަކާ ގުޅުއްވައިގެން ނުވަތަ އަމިއްލަފުޅަށް އިލެކްޝަންސް ކޮމިޝަނަށް ވަޑައިގެން ރީރަޖިސްޓްރީ ކުރައްވަމުން ގެންދަވަންވީ." މާރިޔާ ވިދާޅުވިއެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ