25 ބިލިއަން ރުފިޔާ ދިނަސް އިދިކޮޅާ ނުގުޅޭނަން: މެމްބަރު ފަލާހް

25 ބިލިއަން ރުފިޔާ ދިނަސް ސަރުކާރާއި އިދިކޮޅު ފަރާތްތަކާއި ނުގުޅޭނެ ކަމަށް ރައްޔިތުން މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.ޗެނަލް 13 އަށް މަޢުލޫމާތު ދެއްވަމުން އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާޙް ވިދާޅުވީ ރައީސް ޔާމީންގެ ފަހައްޕުޅުގައި މަސައްކަތް ކުރައްވަނީ ކެރިވަޑައިގެންހުރެ ކަމަށެވެ.ސަރުކާރާއި އިދިކޮޅު ފަރާތްތަކާއި ގުޅިވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށް ފައިސާ ހުށަހެޅި ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވަމުން މެމްބަރު ފަލާހް ވިދާޅުވީ 25 މިލިއަން ނުވަތަ 25 ބިލިއަން ހުށަހެޅި ނަމަވެސް އިދިކޮޅާ ގުޅުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށެވެ. އަދި ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައިވެސް މަސައްކަތް ކުރައްވާނީ ރައީސް ޔާމީންގެ ފަހައްޕުޅުގައި ކަމަށް ފަލާޙް ވިދާޅުވިއެވެ.ފަލާހް އިތުރަށް ވިދާޅުވީ އިޚްލާސްތެރިކަމާއެކު ރައީސް ޔާމީންގެ ފަހައްޕުޅުގައި މިއަދު ސަރުކާރު ކޯލިޝަނަށް ނިސްބަތްވަޑައިގަންނަވާ މެމްބަރުން އެބަތިބި ކަަމަށާއި އަދި ހުރިހާ މެމްބަރުން ގުޅިގެން ރައީސް ޔާމީން ދެވަނަ ދައުރަކަށް އިންތިޚާބް ކުރައްވާނެ ކަމަށެވެ.ފަލާޙް ވިދާޅުވީ މިޤައުމު ކުރިޔަށް ގެންދިޔުމަށް މަަސައްކަތް ކުރެއްވޭނީ ރައީސް ޔާމީނަަށް ކަމަށެވެ. ދާދި ފަހުން ރ. ރަސްމާދޫގައި ޕީޕީއެމްގެ ޖަގަހަވެސް ފަލާހް ވަނީ ހުޅުވާދެއްވާފައެވެ. އަދި އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފަލާޙް ވިދާޅުވީ، އިބްރާހީމް މުޙައްމަދު ސޯލިހަކީ ޒިންމާދާރުކަން ކުޑަ ބޭފުޅެއް ކަމަށެވެ.ރިޔާސީ އިންތިޚާބަށްވެސް އިބޫ ކުރިމަތިލެއްވީ އެކަމަށް ތައްޔާރުވެވަޑައިގެން ނޫންކަން ފަލާހް ވަނީ ވިދާޅުވެފައެވެ. އަދި އެކަން އެމްޑީޕީގެ މެމްބަރުންވެސް ޤަބޫލް ކުރާ ކަމަށް ފަލާހް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ