ބޮޑު ބަޔަކަށް ވަނީ ކަރަންޓު ދެވިފައި: ސްޓެލްކޯ

މިއަދު ހެނދުނު މުޅި މާލެއިން ކަރަންޓު ކެނޑުނު މައްސަލާގައި މިހާރު ބޮޑު ބަޔަކަށް ކަރަންޓު ދެވިފައިވާ ކަމަށް ޚިދުމަތް ފޯރުކޮށްދޭ ސްޓެލްކޯ އިން ހާމަކޮށްފިއެވެ.
ސްޓެލްކޯއިން ބުނެފައިވަނީ ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން މިއަދު ހެނދުނު 08:00 އެހާކަށްހާއިރު މުޅި މާލެއިން ކަރަންޓު ކެނޑިފައިވާ ކަމަށެވެ.
ނަމަވެސް މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ޓެކްނިކަލް ޓީމުން އެވަގުތު ފެށި ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ. ބައެއް ހިސާބުތަކަށް އަދިވެސް ކަރަންޓު ލިބިފައިނުވާއިރު ސްޓެލްކޯއިން މުޅި މާލެއަށް ކަރަންޓު ދެވޭނެ އިރެއް ހާމަކޮށްފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ