އެޓްމޮސްފިއާ ފައުންޑޭޝަންގެ ޑައިވް ސްކޮލަޝިޕްގެ ދެވަނަ ބުރު ފަށައިފި

އެޓްމޮސްފިއާ ފައުންޑޭޝަނުން ކުރިއަށްގެންދާ 'ޒީރޯ ޓު ޑައިވްމާސްޓާ' ސްކޮލަޝިޕް ޕްރޮގްރާމްގެ ދެވަނަ ބުރު އިއްޔެ ފަށައިފި އެވެ.
ވީ ކިހިނެއް؟ - ވިލިމާލޭގައި ބޭއްވި ރަސްމިއްޔާތަކާ އެކު މި ބުރުގެ ދަރިވަރުންގެ ތަމްރީނުތައް ވެސް އިއްޔެ ވަނީ ފަށާފަ އެވެ.
ތަފްސީލް - މޫދު ބުޅާ ޑައިވް ސެންޓަރާ ގުޅިގެން ކުރިއަށްގެންދާ މި ސްކޮލަޝިޕް ޕްރޮގްރާމަކީ ތިން މަސްދުވަހުގެ ޕްރޮފެޝަނަލް ތަމްރީނު ޕްރޮގްރާމެކެވެ.
މިއީ މީގެ ކުރިން ޑައިވިންގެ އެއްވެސް ތަޖުރިބާއެއް ނެތް ދިވެހި ޒުވާނުންނަށް، ޕަޑީ ޑައިވްމާސްޓަރުންނަށް ވުމުގެ ފުރުސަތު ހުޅުވާލައިގެން ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ މަގްސަދަކީ ރާއްޖޭގެ ފަތުރުވެރިކަމާއި ޑައިވިން ސިނާއަތުން ފުރުސަތުތައް ދިވެހި ޒުވާނުންނަށް ހޯދައިދިނުމެވެ.
މި ޕްރޮގްރާމްގެ ދެވަނަ ބުރަށް:
ފަސް އަންހެނުންނާއި ފަސް ފިރިހެނުން ހިމެނޭ ގޮތަށް ޖުމްލަ 10 ދަރިވަރުން ވަނީ ހޮވާފައި 
މި ދަރިވަރުން ހޮވާފައިވަނީ ވަރަށް ވާދަވެރި މަރުހަލާތަކަކަށް ފަހު
ކުރިމަތިލީ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރި ފަރާތްތައް ހޮވާފައިވަނީ ސްކްރީނިން މަރުހަލާއަކަށް ފަހު ބޭއްވި އިންޓަވިއުތަކުން
މި ސްކޮލަޝިޕްގެ ދަށުން:
ކޯހުގެ ހުރިހާ ފީއަކާއި ފޮތްތަކާއި ސާމާނު ހިމެނޭ ގޮތަށް ތަމްރީނު މެޓީރިއަލްސް އަދި ޕަޑީ ރަޖިސްޓްރޭޝަން ހަރަދުތައް އެޓްމޮސްފިއާ ފައުންޑޭޝަނުން ހަމަޖައްސައިދޭ 
ދަރިވަރުންނަށް މުޅި ޕްރޮގްރާމްގެ މުއްދަތުގައި ހިލޭ ހުރުމާއި ކެއުމުގެ އިތުރުން ޑައިވް އިންޝުއަރެންސް ވެސް ފޯރުކޮށްދޭ
ފާހަގަކޮށްލެވޭ - ދެވަނަ ބުރު މި ފެށީ މި ޕްރޮގްރާމްގެ ފުރަތަމަ ބުރުގެ ދަރިވަރުން މިދިޔަ އަންގާރަ ދުވަހު ދަސްވެނިވުމަށް ފަހު އެވެ. އޭގެ ތެރެއިން ތިން ދަރިވަރުން ވަނީ މިހާރު ވެސް ފަތުރުވެރިކަމުގެ ސިނާއަތުން ވަޒީފާ ހޯދާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ