ފައިނޭންޝަލް ހިދުމަތްތަކަށް ހާއްސަ ސޮފްޓްވެއާ ޑިވެލޮޕްކުރުމުގައި ދުނިޔޭގެ އެންމެ ކުރީ ސަފުގައި ހިމެނޭ އެއް ކުންފުނި، "ފިނެސްޓްރާ" ގެ އެހީގައި ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކޯ ބޭންކިން އޮޕަރޭޝަންތައް ޒަމާނީ ކުރުމުގެ މަސައްކަތް ކުރަން ނިންމައިފި އެވެ.
ފިނެސްޓްރާއިން ނެރުނު އިއުލާނެއްގައި ބުނީ މި އެއްބަސްވުމުގެ ސަބަބުން ބޭންކުން އާ އީޖާދީ އުފެއްދުންތައް ބާޒާރަށް ނެރުން އަވަސްވެ، ބޭންކުގެ މަސައްކަތްތައް ހަރުދަނާވުމުގެ އިތުރުން، ކޮންވެންޝަނަލް އަދި އިސްލާމިކް ބޭންކިން މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު ހިދުމަތްތައް ލިބިގެންދާނެ ކަމަށެވެ.
އެ ކުންފުނިން ބުނީ 'ފިނަސްޓްރާ އެސެންސް' އިމްޕްލިމެންޓުކުރުމުން ބީއެމްއެލްގެ ކަސްޓަމަރުންނަށް ޒަމާނާ ގުޅޭ ފަސޭހަ ޕްލެޓްފޯމެއް ލިބޭނެ ކަމަށެވެ. އެގޮތުން 'ފިނަސްޓްރާ އެސެސެންސް'ގެ އެހީގައި އާ އުފެއްދުންތަކާއި ހިދުމަތްތައް
އަވަސް މުއްދަތެއްގެ ތެރޭގައި ކަސްޓަމަރުންނަށް ލިބޭނެ ކަމަށާއި އޮޓޮމޭޝަންގެ އެހީގައި ބޭންކުގެ މަސައްކަތްތައް
ތަރުތީބުކޮށް، މެދުކެނޑުމެއް ނެތި އަވަސް ހިދުމަތްތަކެއް ފޯރުކޮށްދެވޭނެ ކަން ފާހަގަކުރި އެވެ.
އަދި ބޭންކުގެ ރިލޭޝަންޝިޕް މެނޭޖަރުންނަށް ކަސްޓަމަރުންގެ ބޭނުންތަކަށް
ރިއާޔަތްކޮށް، އީޖާދީ ހިދުމަތްތައް ދިނުމަށް މަގުފަހިވާނެ ކަމަށާއި ބެންކުން ފޯރުކޮށްދެމުންދާ ކޮންވެންޝަނަލް
އަދި އިސްލާމިކް ބޭންކިންގެ އެކި އުފެއްދުންތަކާއި ހިދުމަތްތައް، މެދުކެނޑުމެއްނެތި
ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދެމުން ގެންދެވޭނެ ކަމަށް ބުންޏެވެ.
ފިނަސްޓްރާ އެސެންސާ އެކު ފެށި މަސައްކަތްތަކާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ ބީއެމްއެލްގެ އަމާޒަކީ މެދުކެނޑުމެއް ނެތި އާ އީޖާދުތައް ތައާރަފުކުރުން ކަމަށެވެ. އަދި ފިނަސްޓްރާ އެސެންސާއި އެކު ފެށި މަސައްކަތްތަކަކީ ބެންކުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ދަތުރުހައި އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވިދާޅުވި އެވެ.
"މީގެ ސަބަބުން، ހަލުވިކަމާއެކު އާ އީޖާދުތައް ތައާރަފުކުރުމަށާއި،
މަސައްކަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށާއި މުޅި ރާއްޖެއަށް ދުނިޔޭގެ ފެންވަރުގެ
މާލީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ޒަމާނީ އަދި ވަރުގަދަ ބިންގަލެއް އެޅިގެންދާނެ،" އޭނާ ވިދާޅުވި އެވެ.
ފިނަސްޓްރާގެ ޔުނިވާސަލް ބޭންކިންގެ އީވީޕީ ޝަވާން
ބައިރަން ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސް އަކީ ރާއްޖޭގެ މާލީ ދާއިރާގެ އެންމެ
މުހިންމު އެއް ތަނބުކަމަށާއި އެ ބޭންކުގެ ހިދުމަތްތައް ޒަމާނީ ކުރުމަށް ކުރާ މަސައްކަތުގައި
ބައިވެރިވުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"ބީއެމްއެލް އިން ފިނާސްޓްރާ
އެސެންސް ހިޔާރު ކުރުމުން ހާމަވަނީ އަޅުގަނޑުމެންގެ ކޯ ބޭންކިން ޕްލެޓްފޯމުގެ
ވަރުގަދަކަމާއި ފްލެކްސިބަލްކަން. އަދި މާލީ އިދާރާތަކުން ހަރުދަނާކަމާއެކު ހަލުވި ދުވެލީގައި
އާ އީޖާދުތައް ތައާރަފުކުރުމަށް އަޅުގަނޑުމެންނަށް ދެވޭ އެހީތެރިކަން. ބޭންކުގެ އުންމީދީ
ކުރިއެރުމާއި ބަދަލުތައް ހާސިލުކުރުމުގައި އެހީތެރިވެދިނުމަށް އަޅުގަނޑުމެން މިތިބީ
ތައްޔާރަށް،" އޭނާ ވިދާޅުވި އެވެ.
ބީއެމްއެލްއިން ފިނަސްޓްރާ އެސެންސް ހިޔާރުކުރީ އެ ޕްލެޓްފޯމުގައި ހިމެނޭ ފުރިހަމަ ހިދުމަތްތަކާއި ކުރިއަރާފައިވާ ޓެކްނޮލޮޖީ އާއި ޕްލެޓްފޯމުގެ ފްލެކްސިބިލިޓީގެ ސަބަބުން ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި އެ ބެންކުން އެކުންފުނި ހިޔާރު ކުރީ ފިނަސްޓްރާގެ މަސައްކަތްތަކުގެ
ފެންވަރާއި ބާޒާރުގައި އެ ކުންފުންޏަށް އޮތް އިތުބާރާއި މި ޕްރޮޖެކްޓް ވަޒަންކުރުމުގެ
މަރުހަލާގައި އެ ކުންފުނިން ދެއްކި ޕާފޯމަންސްގެ މައްޗަށް ބިނާކޮށް ކަމަށް ވެސް ބުންޏެވެ.
ބީއެމްއެލްގެ ކޯ ބެންކިން ނިޒާމު 'ފިނަސްޓްރާ' ގެ އެހީގައި ޒަމާނީކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ