ގައިދީންނަށް ގުނަވަން ހަދިޔާ ނުކުރެވޭ ގޮތް ހަދައި ބިލް އަލުން ފާސްކޮށްފި

ގައިދީންނަށް ގުނަވަން ހަދިޔާ ނުކުރެވޭ ގޮތަށް ބަދަލުކޮށް، އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ. 
މި ބިލް އެންމެ ފުރަތަމަ މަޖިލީހުން ފާސްކޮށްފައިވަނީ މިދިޔަ މެއި މަހުގެ ތެރޭގަ އެވެ. ނަމަވެސް، ބިލު ތަސްދީގު ނުކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހުން އަލުން ވިސްނުމަށް އެދިވަޑައިގެން ބިލު އަނބުރާ ފޮނުވާލެއްވި އެވެ. 
އޭގެ އެންމެ ބޮޑު ސަބަބަކަށް އޮތީ ގައިދީންނަށް ވެސް ގުނަވަން ހަދިޔާ ކުރެވޭ ގޮތަށް ބިލު އޮތެވެ. 
އެކަމާ މެދު އަލުން މަޝްވަރާކޮށް މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން ބިލަށް ބަދަލު ގެނައީ ގައިދީންނަށް ގުނަވަން ހަދިޔާ ކުރުން މަނާކުރުމަށެވެ. 
މިހާރު ބިލުގައި ބުނެފައިވާ ގޮތުން ގުނަވަން ހަދިޔާކުރާ މީހާ އަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި މީހަކަށް ނުވަތަ ކުށުގެ ތުހުމަތުގައި ހުރި މީހެއް ނުވަތަ ޝަރުއީ ހުކުމެއް ތަންފީޒު ކުރަމުންދާ ގައިދީއެއް ކަމުގައި ވެގެން ނުވާނެ އެވެ. 
The most trusted news source in the Maldives
މީގެއިތުރުން ބިލުގައި ކަނޑައަޅާފައިވާ ބައެއް އަދަބުތަކަށް ވެސް ބަދަލު ގެނެސްފައިވެ އެވެ. އެގޮތުން އެ ގާނޫނުގެ ދަށުން ކުށެއް ކަމަށް ކަނޑައަޅާފައިވާ ކަމެއް ކޮށްފި މީހަކަށް އަދަބެއްގެ ގޮތުން އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތިން ގިސޯސް ހިފިދާނެ ކަމަށް ބަޔާންކުރެ އެވެ. އަދި ގިސޯސް މާފުކުރާ ހާލަތުގައި ދިޔައެއް ނަގައިދިނުމާ އެކު 250،000ރ. އާއި 500،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކޮށް 18 މަހާއި 24 މަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލެވިދާނެ ކަމަށް ބަޔާންކުރެ އެވެ. 
ކޮމިޓީން މިހާރު ވަނީ އަދަބުގެ ތެރެއިން ގިސޯސް ހިފުމާއި ދިޔަ އުނިކޮށްފަ އެވެ. މިހާރު އަދަބަކަށް އޮތީ ޖޫރިަމަނާ އާއި ޖަލު އަދެބެވެ. 
ކޮމިޓީން ބިލަށް ގެނައި އިސްލާހުތަކަށް އެއްވެސް ބަދަލެއް ނުގެނެސް މިއަދުގެ މަޖިލީހުގައި ޖަލްސާގައި ބިލު ފާސްކުރީ 58 މެންބަރުންގެ ވޯޓާ އެކު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ