ހުލާސާކޮށް އިއްޔެ: ހިއްތަން މައިޒާނުގައި ފުޑް ޓްރަކެއް ބާއްވައިގެން ވިޔަފާރި ކުރަން އެތަން މުއިއްޒު ދޫކޮށްލީ 2،000ރ. ގެ ކުއްޔަކަށް ހުލާސާކޮށް އިއްޔެ: ހިއްތަން މައިޒާނުގައި ފުޑް ޓްރަކެއް ބާއްވައިގެން ވިޔަފާރި ކުރަން އެތަން މުއިއްޒު ދޫކޮށްލީ 2،000ރ. ގެ ކުއް

ނެޝަނަލް މިއުޒިއަމް ކުރިމަތީގައި ހުންނަ ހިމާޔަތްކޮށްފައިވާ، ދެ ގަރުނުވީ ރީތި ގަހަށް ގެއްލުންވާ ގޮތަށް އެ ސަރަހައްދު ބަންދުކޮށްފައި އޮތީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ މޭޔަރުކަމުގައި ކުއްޔަށް ދިން އެއްބަސްވުމެއްގެ ދަށުންކަން ހާމަވިކަން އިއްޔެ ރިޕޯޓުކުރި އެވެ.
މާލެ އާއި ވިލިމާލެއިން ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ ލިސްޓު މާލެ ސިޓީ ކައުންސިލުން އާންމުކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެ ލިސްޓުން އެނގޭ ގޮތުން، ހިއްތަން މައިޒާން ކޮށްފައި ދީފައި ވަނީ ގޯލްޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ކުއްޔާއި މެއިންޓެނެންސް ފީގެ ގޮތުގައި މަހަކު 2000ރ. އަށެވެ.
އެ ކުންފުންޏާ ހަވާލުކޮށްފައި ވަނީ އަމިއްލަ ތަކެތީގައި ޒަމާނާ އެއްގޮތަށް އެ ސަރަހައްދު މަރާމާތުކޮށް ބެލެހެއްޓުމަށެވެ. ހިއްތަން މައިޒާން އެ ކުންފުންޏަށް ކުއްޔަށް ދޫކޮށްފައި ވަނީ 10 އަހަރަށެވެ.
އެގޮތުން އެ ސަރަހައްދުގައި އިންސްޓަގްރާމް ފޮޓޯ ކޯނާއެއް ބެހެއްޓުމާއި ފުޑް ޓްރަކްއެއް އެ ސަރަހައްދުގައި ބޭއްވުމާއި އެކި އުމުރުފުރައިގެ މީހުންނަށް ހިތްފަސޭހަކޮށްލަން އިށީނދެވޭނެ ކަހަލަ ގޮނޑިތަކެއް އެ ސަރަހައްދުގައި ބަހެއްޓުން މަސައްކަތުގެ ތެރޭގައި ހިމަނާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ