އަހުރެންގެ މިރޭގެ ވާހަކަކޮޅު ޚާއްޞަ މިކުރަނީ ގިނަ އަނބިންނަށް ކުދިން ލިބޭ ފިރިހެނުންނަނަށެވެ. މިޘާލަކަށް ބުނާނަމަ ފުރަތަމަ ކައިވެނީގައި ލިބުނު އެންމެ ދަރިފުޅަށް އަޅާނުލައި، ދެވަނަ ކައިވެނީގައި ލިބޭ ގިނަ ދަރިންނަށް އަޅައިލާ މީހުންނަށެވެ.  
އިސްލާމް ދީނުގައި އޮތީ ކޮންމެ މީހަކީވެސް ޒިންމާދާރުވާންޖެހޭ މީހެއް ކަމަށެވެ. އެހެންކަމަށްވާއިރު ތިމާއަށް ބަލަންޖެހޭ ދަރިންނާއި ތިމާގެ މައިންބަފައިންގެ ޒިންމާއިން ރެކިގަނެވޭނެ އެއްވެސް މަގެއް ނުއޮންނާނެއެވެ. 
ގިނަ ފިރިހެނުން ދެކެނީ ވަރިކުރުމުން ދަރިންގެ ޒިންމާއިންވެސް ވަކިވެވުނީ ކަމަށެވެ. އެއީ ވަރަށް ބޮޑު އޮޅުމެކެވެ. ވަރަށް ނުބައިކަން ބޮޑު ކުށްހީއެކެވެ. ވަރިކޮށް ޢިއްދަ ހަމަވުމުން ރެކިގަނެވޭނީ ވަރިކުރެވުނު އަނބިމީހާގެ ޒިންމާއިންނެވެ. ތިމާއަށް ލިބިފައި ތިބި ދަރިންގެ ޒިންމާ ވާނީ އިތުރެވެ. 
އެއީ ދަރިފުޅާއިއެކު ދިރިއުޅުނުއިރު ކޮންމެހެން ދަރިފުޅު ހޯދަން އިތުރު މަސައްކަތެއް ނުކުރިނަމަވެސް ކޮންމެ ދުވަހަކުވެސް ގެއިން ދަރިފުޅު ފެންނާނެއެވެ. ޙާލު އެނގޭނެއެވެ. ބޭނުންވާ ކަންކަންވެސް އެނގޭނެއެވެ. 
ދަރިފުޅު ދޫކޮށްލާފައި އެހެން ގެއަކަށް ބަދަލުވުމަކީ ކޮންމެ ދުވަހަކު ދަރިފުޅާ ބައްދަލުކޮށް، ލޯބިދީ، ދަރިފުޅުގެ ޙާލުބަލަން ދީނުގައި ހުރި ޙުކުމްތަކަށް އަމަލުނުކޮށް ހުރުން ހުއްދަކުރާ ސަބަބެއް ނޫނެވެ. އެކަންކަން ނުކުރެވޭނަމަ ޖެހޭނީ ހަމަ ޖަވާބުދާރީވާށެވެ! 
ރަނގަޅަށް ހަނދާންކުރާށެވެ! މީހެއްގެ 11 ދަރިން ތިބެފައި އެއިގެ ތެރެއިން 10 ދަރިންނަށް ހެޔޮކޮށް ކަންކަން ކޮށްދީފައި އެންމެ ދަރިއަކަށް ކޮށްނުދެވުނު ނަމަވެސް އެކަމުގެ ނުރައްކައުތެރިކަން މާބޮޑުވެދާނެއެވެ. އެ އެންމެ ކުއްޖާގެ ލޮލުން ފައިބާ ކަރުނަތިކީގެ ބުރަދަން ﷲ ތަޢާލާގެ ޙަޟްރަތުގައި މާބޮޑުވެދާނެއެވެ. އެހެންވީއިރު އެކަމުން އެމީހަކަށް ލިބޭނެ ޢަޛާބުގެ މިންވަރު އެނގޭނީ ހަމަ މީޒާނުގައި ކިރާލެވުމުންނެވެ. 
ހިތާމައަކީ އެއިރު އޮންނާނީ މާބޮޑުތަނުން ލަސްވެ ވަގުތު ފާއިތުވެފައިކަވެ. ވީމާ މިހާރު ވަގުތު އޮއްވައި އަވަހަށް މިބުނި މަގުން ކަންކަން އިޞްލާޙްކުރާށެވެ! އަނބިމީހާ ވަރިކުރުމުން ދަރިފުޅުގެ ޒިންމާތައް ވާނީ އިތުރުކަން ޤަބޫލުކުރާށެވެ! 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން 
  
Wisdom and Teaching Of Prophet Muhammad (saws):
Ibn 'Umar reported that the Prophet, May Allah bless him and grant him peace,
"All of you are shepherds and each of you is responsible for his flock. A man is the shepherd of the people of his house and he is responsible. The woman is the shepherd of the house, of her husband and she is responsible. Each of you is a shepherd and each is responsible for his flock."
Sahih (Al-Albani)
Al-Adab Al-Mufrad 212
    
    މީޒާނުގަ ޢަމަލުތައް ކިރައިލެވޭ ހިނދު 10 ދަރިން ބެލުމުން ދެއްވަވާ ޘަވާބުގެ ފައިދާއަށްވުރެ އެންމެ ދަރިއަކު ނުބެލުމުން ދެއްވަވާ ޢަޛާބުން ލިބޭނެ ދެރަ ބޮޑުތަނުން ބަރުވެދާނެ!
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
                     
             
             
             
             
            