އެއާޕޯޓުގެ ހުޅަނގު ފަރާތު ޕާކިން ސަރަހައްދު ހުޅުވައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި މަސައްކަތް ކުރާ މުވައްޒަފުންނާއި އާންމުންގެ އުޅަނދުތައް ޕާކު ކުރުމަށް އެއާޕޯޓުގެ ހުޅަނގު ފަރާތުގައި އޮންނަ ޕާކިން ސަރަހައްދުގައި ޕާކު ކުރުން މަނާކޮށްފައި އޮންނަތާ ގާތްގަނޑަކަށް ދެ މަހަށް ފަހު އެ ސަރަހައްދުގައި އުޅަނދުތައް ޕާކު ކުރެވޭ ގޮތަށް ހުޅުވާލައިފި އެވެ.
ވީ ކިހިނެއް؟ - އެއާޕޯޓުގެ ޕާކިން ސަރަހައްދު ބަންދު ކުރީ، އާ އިންޓަނޭޝަނަލް ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތާ ދިމާކޮށެވެ. އޭރު އެމްއޭސީއެލް އިން ބުނީ ޕާކު ކުރުން މަނާކުރީ ވަގުތީ ގޮތުން ކަމަށެވެ.
ތަފްސީލް - ޓާމިނަލް ހުޅުވިތާ އެތައް ދުވަހެއްވީ އިރު ވެސް ހުޅަނގު ފަރާތު ޕާކިން ޒޯނު ހުޅުވާނުލާތީ ދިމާވާ ދަތިތަކަށް އެއާޕޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި އާންމުން ވެސް ދިޔައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ހާއްސަކޮށް ބާރު ބޮޑު ވަގުތުތަކުގައި ބަސް އަދި ފެރީން ޖާގަ ނުލިބުމާއި އަބަދު ޓެކްސީގައި ދަތުރުކުރުން ދަތިވާތީ އެއާޕޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ކަންބޮޑުވުންތައް ހުއްޓެވެ.
އެ ކަންބޮޑުންތަކާއި ޝަކުވާތަކާ އެކު ގާތްގަނޑަކަށް ދެ މަސް ފަހުން މިހާރު ވަނީ އެ ސަރަހައްދުގައި ޕާކު ކުރަން ހުޅުވާލައިފަ އެވެ.
އެނގިފައިވާ ގޮތުގައި، އެ ސަރަހައްދުގައި ޕާކު ކުރަން ހުޅުވާލީ ވަކި އިންތިޒާމެއްގެ ދަށުން ވަގުތީ ގޮތުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ