ގައުމީ ޓީމުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ އިނާޔަތް މި އަހަރުގެ މެއި މަހުން ފެށިގެން 7000 ރުފިޔާއަށް ބޮޑުކޮށްފިއެވެ.
މި ބަދަލު ގެނެސްފައިވަނީ ރައީސްގެ ވައުދުފުޅާ އެއްގޮތަށް، ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުން ނިންމާފައިވާ ނިންމުމާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އަދި މިކަން ވަނީ ކުޅިވަރާ ހަށިހެޔޮކަމާބެހޭ ވުޒާރާއިން ހުރިހާ ކުޅިވަރު އެސޯސިއޭޝަންތަކަށް ފޮނުވި ސާކިއުލާއެއް މެދުވެރިކޮށް އަންގާފައެވެ.
މި ބަދަލާއެކު، ކުރިން ކޮންމެ މަހަކު 5،000 ރުފިޔާގެ އިނާޔަތެއް ލިބެމުންދިޔަ ގައުމީ ޓީމުތަކުގެ އެތުލީޓުންނާއި، 2،500 ރުފިޔާ ލިބެމުންދިޔަ އޮފިޝަލުންގެ އިނާޔަތް 7،000 ރުފިޔާއަށް އެއްހަމަކުރެވިގެން ދާނެއެވެ. މި ބަދަލު ޕެރަ އެތުލީޓުންނަށްވެސް ހިނގާނެއެވެ.
މި ބަދަލާ ގުޅޭގޮތުން ދައުލަތުގެ މީޑިއާ "ޕީއެސްއެމް ނިއުސް" އަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިޢު ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވެފައި ވަނީ މި ބަދަލަކީ ވަރަށް މުހިންމު ބަދަލެއް ކަމަށާއި، މި ބަދަލާއެކު ކުޅުންތެރިންގެ ކުރިއެރުމަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވިއެވެ.
ވަޒީރު ފާހަގަކުރަށްވާފައިވާ ގޮތުގައި ބައެއް އޮފިޝަލުންނަކީ އެތުލީޓުންނަށްވުރެ މުސާރަ ބޮޑުކޮށް ގެނެސްފައި ތިބޭ ބައެއް ކަމަށާއި، ނަމަވެސް އެލަވަންސަން އެމީހުންނަށް ލިބެނީ ވަރަށް ކުޑަ އެއްޗެއް ކަމަށެވެ.
މި ބަދަލަކީ ދިވެހި ކުޅިވަރުގެ ދާއިރާއަށް ގެނެވުނު އެންމެ ފާހަގަކޮށްލެވޭ އެއް ބަދަލު ކަމަށްވެފައި، މީގެ ސަބަބުން ގައުމީ ޓީމުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ ހިތްވަރު އިތުރުވެ، ކުޅިވަރުގެ ފެންވަރު މަތިވެގެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ.
Thiladhun © 2019 – 2025| Made with in #Thiladhunmathi
Thiladhun © 2019 – 2025
Made with ❤️ in #Thiladhunmathi
ގައުމީ ޓީމުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ އިނާޔަތް މެއި މަހުން ފެށިގެން 7000 ރުފިޔާއަށް ބޮޑުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ