ކުރިއަށްއޮތް ދިރާސީ އަހަރުން ފެށިގެން ދަރުވަރުންނަށް ކްލާސްރޫމް ތެރޭގައި ފޯނު ބޭނުންކުރުން މަނާވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލުކުރުމަށް ރެހެނދި ސްކޫލްގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ، ދަރިވަރުން ސްކޫލަށް ފޯނުގެންދާތީ އެކަން މަނާކުރުމަށް ގިނަ އަދަދެއްގެ ބެލެނިވެރިން އެދެމުންދާކަމަަށެވެ.
ރައީސް ވިދާޅުވީ ދަރިވަރުން ސްކޫލަށް ފޯނު ގެންދާ މައްސަލަ ހައްލުކުރުމަށް ބެލެނިވެރިން އެދެމުންދާއިރު، އަންނަ ދިރާސީ އަހަރުން ފެށިގެން ގްރޭޑް 10 އަކުން ދަށުގެ ދަރިވަރުން ސްކޫލަށް ފޯނު ގެންދޭތޯ ހަރުކަށިކޮށް ބަލަމުން ގެންދާނޭަމަށެވެ. ރައީސް ވިދާޅުވީ މި ދަރިވަރުންނަށް ފޯނު ގެންދިއުމަކީ މަނާކަމަކަށްވާއިރު، އެކަން އެންމެ ރަނގަޅަށް ތަންފީޒުކުރެވެމުން ނުދާކަމަށެވެ.
ގްރޭޑް 10 އަކުން ފެށިގެން ދަށުގެ ގްރޭޑްތަކުގެ ދަރިވަރުންނަށް ފޯނު ގެންދިއުން މަނާކުރި ނަމަވެސް އެއަށްވުރެ މަތީ ގްރޭޑްތަކުގެ ދަރިވަރުންނަށް ސްކޫލަށް ފޯނު ގެންދެވޭނެކަމަށާއި، އެހެންނަމަވެސް އެކުދިން ކްލާހަށް ވަދެވޭނީ ލޮކަރަށް ފޯނު ލުމަށްފަހުކަމަށް ރައީސް ވިދާޅުވިއެވެ. ކްލާސްރޫމްތަކުގައި ލޮކަރު ބެހެއްޓުަމަށް އެޑިއުކޭޝަން މިނިސްޓްރީން މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ލޮކަރު ސިސްޓަމް ބެހެއްޓުމަށްފަހު ކްލާހަށް ވަދެވޭނީ ފޯނު ލޮކަރަށް ލުމަށްފަހުގައިކަމަށެވެ.
ކުރިއަށްއޮތް ދިރާސީ އަހަރާއެކު، ކްލާސްރޫމުގައި ދަރިވަރުންނަށް ފޯނު ބޭނުންކުރުން މަނާވާނެ: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ