"މިހާރު މާލޭ ސަރަހައްދަށް މިއޮތީ އަވިދީފައިތާ. އެކަމަކު އަނެއްކާވެސް އިރުކޮޅަކުން އޮއްސާލަފާނެ،" މޫސުން އޮތް ގޮތް ބަލާލުމަށް ގުޅުމުން، މެޓު އޮފީހުގެ އޮފިޝަލަކު މިއަދު ވިދާޅުވި އެވެ.
ހުޅަނގު މޫސުމުގެ ގަދަ އާއި އަވައްޓެރި ބައެއް ގައުމުތަކަށް ކުރިމަތިވެފައިވާ ތޫފާންތަކާ ގުޅިގެން ރާއްޖޭގެ މޫސުން ވެސް ގޯސްކޮށްލާފައި އޮންނަތާ ދުވަސްކޮޅެއް ވެއްޖެ އެވެ. މެޓު އޮފީހުން ބުނީ ކުރިއަށް އޮތް ހަތަރު ދުވަހު ވެސް މި ގަދަ އޮތީ ކުރިއަށް ކަމަށެވެ.
މެޓުން ވާހަކަ ދެއްކެވި މޫސުމާ ބެހޭ އޮފިޝަލު ވިދާޅުވީ:
އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ވިއްސާރަ ކުރިޔަސް ދޭތެރެ ދޭތެރެއިން ރީތިކޮށްލާނެ
އެކަމަކު އެއްކޮށް ރީތިވެ، މޫސުން އަލިވާނީ އޭގެ ފަހުން
"ބޯކޮށް ވާރޭވެހިފައި ދެން އަވިދީފައި އޮވެދާނެ. އެކަމަކު ބްރޭކަކަށް ފަހު އަނެއްކާވެސް އޮއްސާލަފާނެ. އެގޮތަށް އަދި އޮތީ،" އޮފިޝަލް ވިދާޅުވި އެވެ.
އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ، ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވޭ
ދެކުނުގެ މޫސުން އާއްމު ގޮތެއްގައި ރަނގަޅުވާނެ
އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ
ހުޅަނގު ދެކުނާއި ހުޅަނގުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ
މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާ 23 މޭލަށް ވައިޖެހޭނެ؛ ވިލާގަނޑުގައި 40 މޭލަށް ވައިޖެހޭނެ
މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެ. އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ. ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ
ވިއްސާރަ ކުރިޔަސް ދޭތެރެއަކުން 'ބްރޭކް' ލިބޭނެ: މެޓް އޮފީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ