ޒުވާނުންނަށް ހާއްސަކޮށްގެން އަލް އަސްރުން މީގެ އަހަރުތަކެއް ކުރިން ކުރިއަށް ގެންދިޔަ "ޔެޕް" ޕްރޮގްރާމް އަލުން ފަށައިފި

ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ އަލް ޢަސްރުގެ ޔެޕް (ޔޫތް އެމްޕަވަމަންޓް ޕްރޮގްރާމް) "YEP by Al Asr" ޕްރޮގްރާމްގެ ފުރަތަމަ ސެޝަން މިދިޔަ ހުކުރު ދުވަހުގެރޭ ޝީ-ބިލްޑިންގ ހޯލްގައި ބާއްވައިފިއެވެ.
ޔެޕް އަކީ ޒުވާނުންގެ ތެރެއިން ލީޑަރުން ބިނާކުރުމަށާއި ޒުވާނުން ބާރުވެރި ކުރުމަށް ހިންގޭ ތަފާތު ޕްރޮގްރާމެކެވެ.
އެގޮތުން މި ހުކުރު ދުވަހު ބޭއްވުނު ސެޝަންގައި 51 ބައިވެރިން ބައިވެރިވެފައިވާކަމަށް ޢަސްރުގެ ފަރާތުން މަޢުލޫމާތު ދީފައިވާއިރު، އަމިއްލަ ނަފްސު ތަރައްޤީ ކުރުމާއި ގުޅޭގޮތުން ހާއްސަކުރެވިފައިވާ މި ސެޝަން ކުރިއަށް ގެންގޮސްދެއްވާފައިވަނީ އަޙްމަދު މުޙައްމަދުއެވެ.
Advertisement
ޔެޕް ޕްރޮގްރާމްގެ ތެރެއިން: ފޮޓޯ/ އަލް އަސްރު
ޔެޕްގެ ސެޝަންތައް ކުރިއަށްދާނީ ސީރީޒެއްގެ ގޮތުގައި ކަމަށާ އަދި ކޮންމެ މަހަކުވެސް ޔެޕްގެ 1 ޕްރޮގްރާމް ކުރިއަށްދާނެ ކަމަށް ވެސް އަލް އަސްރުން ބުނެފައިވއެވެ.
އެގޮތުން މި މަހުގެ ސެޝަންގެ ޚާއްސަ ޕާޓްނަރަކީ ސަބްނެޓެވެ.، ސަބްނެޓުންވަނީ ސެޝަންގެ ބައިވެރިންގެ މެދުގައި ނެގުނު ގުރުއަތުން ހޮވޭ ފަރާތަށް ގޭމިން ޗެއަރ އެއް ހަދިޔާކޮށްފައެވެ.
ޔެޕް ޕްރޮގްރާމްގެ ތެރެއިން: ފޮޓޯ/ އަލް އަސްރު
ސަބްނެޓަކީ އެކި ދާއިރާތަކަށް ކަސްޓަމައިޒްޑް ޕީސީ ތައްޔާރުކޮށްދިނުމާއި، މޮޅު ޓީޓްރޭސިންގ ބްރޭންޑްގެ ގޭމިންގ ޗެއަރގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާގެ އިތުރުން ތަފާތު އެކި ކޮމްޕިއުޓަރ ޕާޓްސް އާއި ފަހުގެ ސްޓޭންޑިންގ ޑެސްކްވެސް ސަޕްލައިކޮށްދޭ ޒުވާނުންނާއި ރައްޓެހި ޒުވާން ކުންފުންޏެކެވެ.
ޔެޕް ޕްރޮގްރާމަކީ ޒުވާނުންގެ ހުނަރުތައް ތަރައްޤީކޮށް، އަމިއްލަ ނަފްސަށް އިތުބާރު އުފެއްދުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް އަލުން ފެށުމާއެކު، ގިނަ ޒުވާނުންނަށް މީގެ ފައިދާ ކުރާނެ ކަމަށް އަސްރުން އުއްމީދު ކުރެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ