އައްޑޫގައި އިންޑިޔާގެ ކޮންސިއުލޭޓެއް ނޭޅޭނެ ކަމުގެ ޔަގީން ކަން މުއިއްޒުގެ ފަރާތުން އަޒާން ދެއްވައިފި

އައްޑޫގައި އިންޑިޔާގެ ކޮންސިއުލޭޓެއް ނޭޅޭނެ ކަމުގެ ޔަގީން ކަން މުއިއްޒުގެ ފަރާތުން އަޒާން ދެއްވައިފިއެވެ. މުއިއްޒު އާއި އަޒާން އާއި ދެމެދު ގާތް ގުޅުންތަކެއް އޮންނަ އިރު މިއީ ސީދާ މުއިއްޒުގެ އިރުޝާދުގެ ދަށުން އޭނާ ހާމަ ކުރެއްވި ވާހަކަ އެއް ކަމަށް ބެލެވެއެވެ.
އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫގައި ގާއިމު ކުރުމުގެ މަޝްވަރާތައް މުއިއްޒުގެ ސަރުކާރުން ކުރިއަށް ގެންދާ ވާހަކައަށް ރައްދު ދެއްވައި މި ސަރުކާރަކީ ބަޔަކު ބުނާހާ ކަމެއް ކުރާނެ ސަރުކާރެއް ނޫން ކަމަށް އައްޑޫ ހިތަދޫ މެދު ދާއިރާގެ މަޖިލިސް މެންބަރު، އަހުމަދު އަޒާން މުއިއްޒުގެ ފަރާތުން ވިދާޅުވެފައި ވެއެވެ.
ކޮންސިއުލޭޓެއް އަޅައި, ޑިޕްލޮމެޓިކް ގުޅުންތައް ހަރުދަނާ ކުރުމަކީ ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލަށް ނުރަނގަޅު އަސަރު ކުރާނެ ކަމެއް ކަމަށް ދޭހަވާހެން އަޒާން ވަނީ ޓްވީޓް ކޮށްފައެވެ.
“ރައީސް ޑރ. މުއިއްޒުގެ ސަރުކާރަކީ ބަޔަކު އަދި ބުނާހާ ކަމެއް ކުރާނެ ސަރުކާރެއް ނޫން، އެއީ އެމްޑީޕީ ވެރިކަމުގައި ކަން ހިނގި ގޮތް، ރާއްޖޭގެ މިނިވަންކަމާ އިސްތިގުލާލަށް ނުރަނގަޅު އަސަރު ކުރާނެ އެއްވެސް ކަމެއް މިއަދުގެ ސަރުކާރުން ނުކުރާނެ،” އަޒާންގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.
އަޒާން މިފަދައިން ޓްވީޓް ކޮށްފައި ވަނީ, އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫގައި ގާއިމު ކުރުމުގެ މަޝްވަރާތައް ކުރާކަމަށް އަދަދު ނޫހުން ރިޕޯޓްކޮށް ކޮށްފައިވާ ޓްވީޓް އަށް ރައްދު ދެމުންނެވެ.
އިންޑިއާގެ ކެޕިޓަލް ސިޓީ، ނިއު ދިއްލީގައި ދިވެހި ހައިކޮމިޝަން ހުންނައިރު، އެންމެ ގިނަ ދިވެހިން ދިރިއުޅޭ ޓްރިވެންޑްރަމްގައި ދިވެހި ކޮންސިއުލޭޓެއް ވެސް ހުރެ އެވެ. ދުނިޔޭގެ ޤައުމުތަކުގައި މި ގޮތަށް ފުރުޞަތު ދެނީ އެނައް ޤައުމުންވެސް އެފަދަ ފުރުޞަތެއް ދިނުމުން އެކަންޏެވެ. އެއުސޫލުން ބަލާނަމަ, އިންޑިޔާއަށް ޓްރިވެންޑަރަމްގައި ހުރި ރާއްޖޭގެ ކޮންސިއުލޭޓް ހުއްޓާލުމަށް ސަރުކާރަށް އެންގިދާނެއެވެ.
މުއިއްޒަށް ބުނަން ނުކެރޭ ވާހަކަ ތައް އަޒާން މެދުވެރިކޮށް, ޤައުމުތަކާއި އޮތް ގުޅުންތައް ހީނަރު ކުރުމަށް މުއިއްޒު މަސައްކަތް ކުރަމުންދާއިރު, އދ. އަށް ފުރަމުން ދިވެހި ޤައުމަށް ފައިދާ ހުރި ގޮތަކީ ޤައުމުތަކާއި ގުޅުން ބަދަހި ކުރުން ކަމަށް މުއިއްޒު ބުނެފައިވެއެވެ. މުއިއްޒުއަކީ އަމަލާއި ބަހާއި ދިމާނުވާ, އިންތިހާ އަށް ދޮގު ހަދާ ބޭފުޅަކަށް ވެފައިވަނިކޮށް, މުއިއްޒުގެ ހައިސިއްޔަތުން އަޒާން ވާހަކަ ދައްކާ ނަމަ, ކުރިއަށް އޮތްތާގައި ބައިނަލްއަގުވާމީ ފަރާތްތަކުންވެސް މުއިއްޒު އަކީ ދޮގުވެރިއެއް ކަމަށް ނިންމައި, އިތުބާރު ކަނޑާލުމަކީ އެކަށީގެންވާ ކަމެކެވެ.
ސިޔާސީ ގޮތުން ބޭރުގެ ޤައުމުތަކާއި ދެކޮޅަށް މުއިއްޒުގެ މަޖިލީސް މެމްބަރުންނާއި, މިނިސްޓަރުން ބޭނުންކޮށްގެން ހިންގަމުންދާ ނާތަހުޒީބު އަމަލުތައް ރާއްޖޭގެ ހުރިހާ އެމްބަސީތަކުން އެ ޤައުމުތަކުގެ ވެރިންނަށް ދަނީ ފޮނުވަމުންނެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ އަގު ވެއްޓި ކަނައަތު ފިޔާގެ ހައްދުފަހަނަ އެޅި, ބަޔަކު ދިރިއުޅޭ ގައުމެއްގެ ކުލަވަރު ރާއްޖެއަށް މިހާރު މިވަނީ ޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ