ވިލިމާލޭގެ ކަރަންޓުގެ ޚިދުމަތް އަޕްގްރޭޑް ކުރުމަށް ސްޓެލްކޯއާއި އެމްޑަބްލިޔުއެސްސީގެ އެއްބަސްވުމެއް

ވިލިމާލޭގެ ކަރަންޓުގެ ޚިދުމަތް ދިނުމުގެ ނިޒާމު އަޕްގްރޭޑް ކުރުމަށް ސްޓެލްކޯއާއި އެމްޑަބްލިއުއެސްސީއާ އެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
މިކަން ހާމަކޮށް އެންވަޔަރަންމަންޓް މިނިސްޓްރީން މިއަދު ބުނީ މި މަޝްރޫޢު ކުރިއަށް ގެންދަނީ ތިން މަސް ދުވަހުގެ މުއްދަތަކަށް ކަމަށެވެ.
މި އެއްބަސްވުމުގެ މަޤްޞަދަކީ، މިހާރު ވިލިމާލޭގައި އިތުރުވަމުންދާ ޑިމާންޑާ އެއްވަރަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ހުރި ގޮންޖެހުންތަކާއި، މިހާރު ބޭނުންކުރަމުންދާ ނިޒާމުގައި ހުރި މައްސަލަތަކާއި، އެ މައްސަލަތައް ޙައްލުކުރުމަށް ކުރަންހުރި މަސައްކަތްތަކަކީ ކޮބައިކަން ދެނެގަތުމެވެ.
މީގެ އިތުރުން މި ދިރާސާތަކުގެ އަލީގައި އިންފްރާސްޓްރަކްޗާގެ ކެޕޭސިޓީ އިތުރުކުރަން ޖެހޭ މިންވަރު ކަނޑައަޅައި، މަރާމާތު ކުރުމާއި އަޕްގްރޭޑްކުރުމަށް ބޭނުންވާ އިންވެސްޓްމެންޓްގެ އަދަދު ކަނޑައަޅައި، މަޝްރޫއެއް އެކުލަވާލައި ތަންފީޒުކުރާނެ ގޮތުގެ ޕްލޭނެއްވެސް ހުށަހަޅަން ޖެހޭނެއެވެ.
މި އެއްބަސްވުމުގައި އެންވަޔަރަންމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޠާރިޤު އިބްރާހިމެވެ. ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީއެވެ. އެމްޑަބްލިއުއެސްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ