އެމްޑީޕީގެ ވެެރިކަން ވައްޓާލީ ރައީސް ނަޝީދު: މެމްބަރު ރޮޒައިނާ

އެމްޑީޕީގެ ވެެރިކަން ވައްޓާލީ ރައީސް މުޙައްމަދު ނަޝީދު އިސްވެ ހުންނަވައި އެމަނިކުފާނާއެކު އެޕާޓީގެ ތެރެއިން ނިކުތް ބަޔަކު އިސްވެ ތިބެގެން ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ މީޑިއާއެއްގައި ވާހަކަ ދައްކަވަމުން ރޮޒައިނާ ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ވެރިކަން ވައްޓާލީ ޕީޕީއެމުން ނޫން ކަމަށާއި އެކަން ކުރެއްވި ރައީސް ނަޝީދު އެމްޑީޕީން ނިކުތް ބަޔަކު ކަމަށެވެ.
ރޮޒައިނާ ވިދާޅުވީ ވެރިކަން ވެއްޓުނީ ދޮގު ވާހަކަތަކާއި ފިތުނަ އުފެދޭ ޒާތުގެ ވާހަކަ ދައްކަމުން ގޮސް ކަމަށެވެ.
މީގެ އިތުރުން ރޮޒައިނާ ވަނީ އެމްޑީޕީގެ ވެރިކަން ވައްޓާލުމަށް ފަހު ރައީސް ނަޝީދާއި ޑިމޮކްރެޓްްސް އިން މަސައްކަތް ކުރީ ރައްޔިތުންނަށްދޭ ޚިދުމަތްތަކަށް ހުރަސްއަޅަައި ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ކަމަށެވެެ.
މެމްބަރު ރޮޒައިނާއަކީ ރައީސް ނަޝީދަށް ފާޅުގައި އެންމެ ގިނައިން ފާޑުވިދާޅުވާ އެމްޑީޕީގެ އެއް ޝަހްސިއްޔަތެވެ. އެކަމަނާއަކީ އެމްޑީޕީގައި ރައީސް ޞާލިޙްގެ ފެކްޝަނުގައި ނުވަތަ އެމަނިކުފާނަށް ރިޔާސީ އިންތިޚާބު ކާމިޔާބުކޮށްދެއްވުމަށް މަސައްކަތްކުރެއްވި ބޭކަނބަލެކެވެ.
ރައީސް ނަޝީދަށް ފާޑުވިދާޅުވިއިރު މެމްބަރު ވަނީ ހަލަބޮލިކަމަށް ލޯބިކުރާ މީހަކަށް ހަމަޖެހުމެއް ނުގެނެސްދެވޭނެ ކަމަށާއި، މި ސަބަބަށްޓަކައި ރައީސް ނަޝީދުގެ ވެރިކަމެއްގެ ތެރެއިން މިޤައުމަށް ހަމަޖެހުން ލިބުމުގެ ފުރުސަތެއް ނެތް ކަމަށްވެސް މީގެ ކުރިން ވިދާޅުވެފައެވެ.
އަދި ރައީސް ޞާލިޙަކީ ހަމަޖެހުމަށް ލޯބިކުރައްވާ ބޭފުޅެއް ކަމަށާއި ރާއްޖޭގެ ރައްޔިތުން އެދޭފަދަ ހަމަޖެހުމެއް ގެނެސްދެއްވާނެ ވެރިއަކީ ރައީސް ޞާލިޙް ކަމަށް ވިދާޅުވެ މީގެ ކުރިންވެސް ރޮޒައިނާ ވަނީ ނަޝީދަށް ފާޑުވިދާޅުވެ އެކްސް ޕޯސްޓުތަކެއް ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ