ލީޑަރޝިޕުން އެއްބާރުލުން ނުލިބޭތީ ރައީސް ޔާމީން ޕީޕީއެމް އިން ވަކިވެވަޑައިގަންނަވަން ނިންމައިފިއެވެ.
އެކަން އިއުލާން ކުރެއްވީ އެމަނިކުފާނުގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދެވެ.
ޗެނަލް 13 އަށް ދެއްވި އިންޓަރވިއުއެއްގައި ޖަމީލު ވިދާޅުވީ ޕީޕީއެމްގެ ލީޑަރޝިޕުން ރައީސް ޔާމީން ބޭރުކޮށްލައްވައިފި ކަމަށާއި އެއްވެސް ކަމެއްގގައި މަޝްވަރާ ވެސް ނުކުރައްވާ ކަމަށެވެ. އަދި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ފޯނު ވެސް ނުނަންގަވާ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން އަބްދުއްރަހީމު ވެސް ފޯނަށް ޖަވާބު ނުދެއްވާ ކަމަށް ޖަމީލު ވިދާޅުވިއެވެ.
އެހެންކަމުން ރައީސް ޔާމީންގެ ވިސްނުންފުޅު މިހާރު ހުރީ ސިޔާސީ އައު ޕާޓީއެއް އުފެއްދުމަށް ކަމަށާއި އެ މަސައްކަތް މިއަދު ފަށާނެ ކަމަށް ވެސް ޖަމީލު ވިދާޅުވިއެވެ. އަދި ޔާމީނަށް ސަޕޯޓުކުރާ ވަރަށް ގިނަ މީހުން މިހާރު ބޭނުންވަނީ ވެސް އެގޮތް ކަމަށް ވެސް ޖަމީލު ވިދާޅުވިއެވެ.
ޕީޕީއެމް ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު 20 ޑިސެމްބަރުގައި ހުޅުވާލާނެ މަގުމަތީގައި ދެން ތިބޭނީ އެމްޑީޕީ، އެ ޕާޓީ އަކީ އެކަމަށް ފަރިތަ، މޮޅު ބައެއް: ރައީސް ޔާމީން ސަމާލުވޭ! ޕީޕީއެމްގެ ނަމުގައި ފޮނުވަނީ ފޭކު މެސެޖެއް ނަރީޝް މަޖިލީހަށް ނުކުންނެވުމަށް ޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ