ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއިން 24 ގަޑިއިރު ތެރޭ 704 މީހަކު ޝަހީދުކޮށްލައިފިއެވެ.
މި މަހުގެ ހަތް ވަނަ ދުވަހު ޣައްޒާގެ ހަމާސް އާއި އިސްރާއީލާ ދެމެދު ފެށި ހަނގުރާމަ އަދިވެސް ހުއްޓުމަކަށް އައިސްފައިނުވާއިރު، ކޮންމެ ދުވަހަކު ޔަހޫދީންގެ ހަމަލާތަކުގައި ޣައްޒާގެ ކުށެއް ނެތް އެތައް ބަޔަކު ދަނީ ޝަހީދުވަމުންނެވެ.
ޔަހޫދީން ޣައްްޒާގެ ރައްޔިތުން އުޅޭ ތަންތަން ބަލާ އެތަންތަނަށް ބޮން އަޅާ އެ ތަންތަން ސުންނާފަތިކޮށް، އެތައް ބަޔަކު ޝަހީދު ކުރަމުންދާއިރު، ފާއިތުވެެދިޔަ 24 ގަޑިއިރު ތެރޭގައި ބޮޑު ގަތުލު އާއްމެއް ވަނީ ހިންގާފައެވެ.
ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ އިސްރާއީލުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ދިން ވައިގެ ހަމަލާތަކުގައި ޣައްޒާގައި ފަލަސްތީނުގެ 704 މީހުން ޝަހީދުވެފައިވާ ކަމަށެވެ.
މިއާއެކު މި މަހުގެ ހަތް ވަނަ ދުވަހުގެ ފަހުން ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު ވަނީ 5،791 އަށް އަރައިފައެެވެ. އަދި ޔަހޫދީންގެ ހަަމަލާތަކުގައި އަނިޔާވި މީހުންގެ އަދަދު 16،297 އަށް އަރާފައިވެއެވެ.
މީގެ އިތުރުން ހިފާފައިވާ ހުޅަނގު އައްސޭރިމް 96 މީހަކު ޝަހީދުކޮށްލާފައިވާއިރު، އެތަނުން ޒަހަމްވި މީހުންގެ އަދަދު ވަނީ 1،828 އަށް އަރައިފައެވެ.
ޣައްޒާއިން އެތައް ބަޔަކު ޝަހީދުކޮށްލާފައިވާއިރު، ޣައްޒާއިން އިސްރާއިލަށް ދެމުންގެންދާ ހަމަލާތަކުގައި މަރުވެފައި ވަނީ 1،405 މީހެކެވެ. އަދި 5،431 މީހަކަށް ވަނީ އަނިޔާވެފައެވެ.
ޣައްޒާ ޤަތުލް އާންމު: އެއް ދުވަސް ތެރޭގައި 704 މީހުން ޝަހީދު ކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ