މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން މީހަކު ހައްޔަރުކޮށް އޭނާގެ ދެ ސައިކަލެއް ފުލުހުން ޓޯކޮށްފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އޭނާގެ އަތުން ފެނުނު ތަކެތީގެ ވަގުތީ ބަރުދަނަކީ 261.93 ގުރާމެވެ.
މި މައްސަލައާ ގުޅިގެން އޭނާއާ ގުޅުންހުރި ކަމަށް ބެލެވޭ ދެ ސައިކަލެއް ބަލައިފާސްކުރުމަށްފަހު، އެ ދެ ސައިކަލު މިހާރު ވަނީ ޓޯކޮށްފައި ކަމަށް ފުލުހުން ބުނި ނަމަވެސް އެ ސައިކަލްތައް ޓޯކުރި ސަބަބެއް ފުލުހުން ނުބުނެއެވެ.
މި މައްސަލައާ ގުޅިގެން މުޙައްމަދު ރަޝީދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާ ފަސްދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހެއްގެ ދެސައިކަލް ޓޯކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ