މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި މެންބަރުންގެ ތެރެއިން ޕީއެންސީއަށް ސޮއިކުރި މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމު ކޯޓަށް މައްސަލައެއް ހުށަހެޅުމުގެ މަސައްކަތް ފަށައިފި އެވެ.
ވީ ކިހިނެއް؟ - ކުރީގެ މަޖިލިސް މެންބަރު އަލީ ހުސެން މިއަދު ވިދާޅުވީ ގޮނޑި ގެއްލިފައިވާ ހައެއްކަ މެންބަރުން މިވަގުތު މަޖިލީހުގައި އެބަތިބި ކަމަށާއި އެ މީހުންގެ މައްސަލަ ސުޕްރީމު ކޯޓަށް ހުށަހެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
ތަފްސީލް - އެއީ މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި އިންތިހާބުވުމަށް ފަހު ޕީއެންސީއަށް ސޮއި ކުރި މެންބަރުން ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި އިންތިހާބުުވުމަށް ފަހު ޕީއެންސީއަށް ސޮއިކުރެއްވި މެންބަރުންނަކީ:
ނައިފަރު ދާއިރާގެ މެންބަރު ޔާސީން އަބްދުﷲ
ވިލިނގިލި ދާއިރާގެ މެންބަރު އާޒިމް އަބްދުއްއަޒީޒު
ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު
ކުރެންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާމިން ހަބީބް
ތިނަދޫ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު އަލްސަން އަހުމަދު
ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމް
ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު
މައްޗަންގޯޅި މެދު ދާއިރާގެ މެންބަރު އަހުމަދު ޒަމީރު
އެނގުން މުހިންމު - ޕާޓީއަކުން އެ މެމްބަރަކު ކަނޑާލުމުން މަޖިލީހުގެ ގޮނޑި ގެއްލުން ހިމެނޭ ގޮތަށް މި ސަރުކާރުން ވަނީ ގާނޫނުއަސާސީ އިސްލާހުކޮށްފަ އެވެ.
އެ ބަދަލުތައް ބާތިލުކުރަން އަލީ ހުސައިން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލާގައި ކޯޓުން ނިންމީ ގޮނޑި ގެއްލުވާލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ގާނޫނުއަސާސީގެ އޮނިގަނޑާ ހިލާފު ނުވާ ކަމަށާއި އެ އިސްލާހު ބާތިލްކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.
ޕީއެންސީއަށް ސޮއިކުރި މިނިވަން މެންބަރުންގެ ގޮނޑީގެ މައްސަލަ ކޯޓަށް ހުށަހަޅަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ