ޑެމްބެލޭގެ ހެޓްރިކާއެކު ފްރާންސް ގްރޫޕުގެ އެއްވަނަ ކަށަވަރުކޮށްފި

ނޯވޭގެ ހަމައެކަނި ލަނޑު 21 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ތެލޯ އާސްގާޑްއެވެ. ނޯވޭއަށް މެޗުގެ ނަތީޖާ އަނބުރާލުމަށް ލިބުނު އެންމެ ރަނގަޅު ފުރުސަތަކީ ދެވަނަ ހާފުގައި ލިބުނު ޕެނަލްޓީއެކެވެ. ނަމަވެސް ޔޯގެން ލާސަން ފޮނުވާލި ޕެނަލްޓީ ފްރާންސްގެ ކީޕަރު މައިކް މައިންޔާން ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
1998 އަދި 2018 ވަނަ އަހަރުގެ ޗެމްޕިއަން ފްރާންސް އަމާޒު ހިފާފައިވަނީ ކޯޗު ޑިޑިއޭ ޑެޝޯމްޕްގެ އިރުޝާދުގެ ދަށުން ޖެހިޖެހިގެން ތިންވަނަ ފަހަރަށް މުބާރާތުގެ ފައިނަލަށް ދަތުރުކުރުމަށެވެ. އެޓީމުގެ ތަރި އެމްބާޕޭ އަކީ މިހާރުވެސް ވޯލްޑް ކަޕް ތާރީހުގައި ފްރާންސްއަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ކުޅުންތެރިޔާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ