އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯކަމުގެ މަގާމުން އިބްރާހިމް ޒިޔަތު އިސްތިއުފާ ދެއްވައިފި އެވެ.
ރާއްޖޭގެ ކޮމާޝަލް ބަނދަރުތައް ބަލަހައްޓާ ކުންފުނިން އިސްތިއުފާ ދެއްވާފައިވާކަން އޭނާ "މިހާރު"އަށް ޔަގީންކޮށް ދެއްވި އެވެ.
ނަމަވެސް، އިސްތިއުފާ ދެއްވި ސަބަބެއް އޭނާ ވިދާޅެއްނުވެ އެވެ.
މިދިޔަ މާޗު މަހުގެ ތެރޭގައި އެ މަގާމަށް އައްޔަނުކުރެއްވި ޒިޔަތު އިސްތިއުފާ ދެއްވީ މިދިޔަ މަހުގެ ތެރޭގައިކަން ވަނީ އެނގިފަ އެވެ.
އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމުގެ އިތުރުން އެ ކުންފުނީގެ ބޯޑަށް ވެސް ޒިޔަތު އޭރު އައްޔަންކުރި އެވެ.
ނަމަވެސް، މެއި 1 ގައި އެމްޕީއެލްގެ ބޯޑުން ޒިޔަތު ވަކިކޮށް، އެމްއޭސީއެލް ޑެޕިއުޓީ ސީއީއޯގެ މަގާމަށް އެންމެ ފަހުން އައްޔަންކުރި މުހައްމަދު ލަމްއާނަށް ވަނީ އެ ބޯޑުގެ އެގްޒެކްޓިވް މެންބަރުކަން ދީފަ އެވެ.
ޒިޔަތު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމްޓީސީސީގެ ސީއީއޯގެ މަގާމު ވެސް އަދާކުރައްވައިފަ އެވެ. ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާސް ހައްދަވާފައިވާ ޒިޔަތު އެންމެ ގިނަ ދުވަހު އުޅުއްވީ އެސްޓީއޯގަ އެވެ. އެ ކުންފުނީގައި އޭނާ 15 އަހަރު ވަންދެން އުޅުއްވި އެވެ.
އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމުން ޒިޔަތު އިސްތިއުފާ ދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ