ރާއްޖޭގައި އުމުރުން 16 އަހަރުން ދަށުގެ ކުޑަކުދިންނަށް ސޯޝަލްމީޑިއާގެ ބައެއް އެޕްތައް މަނާ ކުރުމަށް ސަރުކާރުން މަސައްކަތް ފަށާފައިވާތީ، ރާއްޖޭގެ ތަޖުރިބާކާރު އެތެރެހަށީގެ ޑރ. މުހައްމަދު އަލީ އެކަމުގެ މުހިންމުކަން ފާހަގަކުރައްވައިފިއެވެ.
މިކަމާ ގުޅޭގޮތުން ޑރ. މުހައްމަދު އަލީ ވިދާޅުވީ މިއީ ވަރަށް ބޭނުންތެރި ކަމެއް ކަމަށެވެ. ޑރ.މުހައްމަދު އަލީ ވަނީ ސޯޝަލް މީޑިއާގެ ސަބަބުން ސައިންސްގެ ޒަރިއްޔާއިން ދެނެގަތުމަށް އުނދަގޫވާފަދަ ނުރަނގަޅު އަސަރުތައް ކުޑަކުދިންގެ ސިކުނޑިއަށް ކުރާ ކަމަށް ވެސް ވިދާޅުވެފައެވެ.
ރައީސް އިއްޔެ ވިދާޅުވީ، އެންމެ ގިނަވެގެން އަހަރެއްގެ ތެރޭގައި، އޮސްޓްރޭލިއާގައި އޮތްފަދަ ނިޒާމެއްގެ ދަށުން މިކަން ރާއްޖޭގައި ތަންފީޒު ކުރެވިގެންދާނެ ކަމަށެވެ. އަދި މިކަމުގައި ކަމާބެހޭ ހުރިހާ ފަރާތްތަކާއި، ސިވިލް ސޮސައިޓީތަކާއެކުވެސް މަޝްވަރާ ކުރައްވާނެ ކަމަށާއި، ގާނޫނަށް ބަދަލު ގެންނަން ޖެހޭނަމަ، އެކަންވެސް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ސޯޝަލް މީޑިއާގައި ވަރަށް ޒުވާން ކުދިން ނުރަނގަޅު ކަންކަމުގެ ތެރެއަށް ވަންނަމުންދާއިރު، ”ސައިބަރ ބުލީން“ އަދި ”އޮންލައިން ގްރޫމިން“ އަކީ ވެސް ބޮޑު މައްސަލައެއް ކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ސިޔާސަތުތައް ތަންފީޒު ކުރުމުގައި ބަލަނީ، އިސްލާމްދީނާއި ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން އެކަންކަން ކުރުމަށް ކަމަށާއި، އެގޮތުން މިއަދާ ހަމައަށް އައިއިރު، ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.
ޑރ.މުހައްމަދު އަލީ ވިދާޅުވަނީ ކުޑަ ކުދިންނަށް ސޯޝަލް މީޑިއާ މަނާ ކުރުމަކީ ބޭނުންތެރި ކަމެއް ކަމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ