ހަސަން ކުރުސީގެ އަސްލު ހޯދަން، ރައީީސް ނަޝީދު ފުލުހަށް

އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދަށް ތާއީދުކޮށް، ޓްވިޓަރގައި ޙިޔާލު ފާޅު ކުރަމުން އަންނަ "ހަސަން ކުރުސީ" ޓްވިޓަރ އެކައުންޓުގެ އަސްލު ހޯދައި ދެއްވުމަށް ރައީީސް ނަޝީދު ފުލުހުންގެ ކިބައިން އެދިވަޑައިގެންފިއެވެ.
ރައީސް ނަޝީދުގެ އޮފީހުން މިއަދު ފުލުހަށް ހުށަހެޅި މައްސަލާގައި ބުނެފައިވަނީ ހަސަން ކުރުސީގެ ނަމުގައި ހިންގާ ޓުވިޓާ އެކައުންޓަކީ ރައީސް ނަޝީދުގެ ނަމުގައި ހިންގާ ޓުވިޓާ އެކައުންޓެއްކަމަށް ބައެއް ފަރާތްތަކަށް ހީކުރެވި، އެތަކެއް އޮޅުމެއް އަރާ ކަމުގައެވެ.
ރައީސް ނަޝީދު ވަނީ މި އެކައުންޓުގެ ވެރިފަރާތަކީ ކޮބައިކަން ހޯދައި ދެެއްވުމަށް ފުލުހުންގެ ކިބައި އެދިވަޑައިގެންފައެވެ.
ހަސަން ކުރުސީގެ ނަމުގައި ޓްވީޓް ކުރަނީ، ރައީސް ނަޝީދު ނޫން ކަމަށް އެމަނިކުފާނު ވަނީ މީގެ ކުރިންވެސް ވިދާޅުވެފައެވެ. ނަމަވެސް އެމަނިކުފާނު ވަނީ ހަސަން ކުރުސީއަކީ އެމަނިކުފާނު ލިޔުއްވާ ބައެއް ލިޔުންތަކުގެ ހަޤީޤީ/ހިޔާލީ ޝަޙްޝިއްޔަތެއް ކަމަށް ވިދާޅުވެފައެވެ.
ގިނަ ކަންކަމުގައި ޙިޔާލު އެއްގޮތް ވިޔަަސް، ހަސަން ކުރުސީ އަކި ޖިސްމާނީ ގޮތުން ރައީސް ނަޝީދު ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ފެކްޝަނުގެ މެމްބަރުން،  ހަސަން ކުރުސީ އަކީ ރައީސް ނަޝީދު ކަމަށް ތުހުމަތު ކުރައްވައި، އެ އެކައުންޓުގެ ޓްވީޓުތަކަށް ވަރަށް ގިނައިން ރައްދުވެސް ދެއްވައެވެ.
އެގޮތުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒއިނާ ވަނީ ހަސަން ކުރުސީގެ ނަމުގައި ޓްވީޓް ކުރަނީ ރައީސް ނަޝީދު ކަން ފަޅާއަރާފައިވާ ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ