ހާރިޖީ ސިޔާސަތަކަށް ހަދާނީ ނާސިރާއި މައުމޫންގެ ސިޔާސަތު: ގާސިމް
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިނގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމްގެ ވެރިކަމެއްގައި ގެންގުޅުއްވާނީ ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ބޮޑުވަޒީރު އިބްރާހިމް ނާސިރު ގެންގުޅުއްވި ހާރިޖީ ސިޔާސަތު ކަމަށް ޤާސިމް ވިދާޅުވެއްޖެއެވެ.ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ގާސިމް ވަނީ ނިންމާފައެވެ. ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓަށް ހުޅުވާލުމުން ކުރިމަތިލެއްވީ ގާސިމް އެކަންޏެވެ. އެމަނިކުފާނުގެ ޝަރުތު ފުރިހަމަ ކަމަށް ނިންމާ ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓް ގާސިމަށް އެރުވުމަށް ޕާޓީގެ ކައުންސިލުންވެސް ވަނީ ނިންމާފައެވެ.ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވާދަކުރައްވާނެ ކަން ގާސިމް އިއުލާނު ކުރެއްވި ނަމަވެސް ރަސްމީކޮށް ކެމްޕެއިން ފަށާނެ ތާރީހެއް އަދި ނެތެވެ. މިވަގުތު ހިނގަނީ ކޯލިޝަން ހެދުމުގެ މަޝްވަރާތަކެވެ. ގާސިމް ކުރެެއްވި ޓްވީޓެއްގައި ވިދާޅުވީ، އޭނާގެ ވެރިކަމެއްގައި ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތަކަށް ހަދާނީ ކުރީގެ ރައީސް ނާސިރާއި ރައީސް މައުމޫން ވެސް ގެންގުޅުއްވި ހާރިޖީ ސިޔާސަތު ކަމުގައެވެ.ވެރިކަން ލިބިވަޑައިގެންފިނަމަ ގެންގުޅުއްވާނެ ހާރިޖީ ސިޔާސަތާ ގުޅޭ ގޮތުން ގާސިމު އިބްރާހީމު ވާހަކަފުޅު ދައްކަވާފައިވާއިރު މި ސަރުކާރުން އިންޑިއާއަށް މާބޮޑަށް ބަރޯސާވަމުންދާ ކަމަށް އިދިކޮޅު ސިޔާސީ ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ