އޮންލައިންކޮށް ފިތުރު ޒަކާތް ބަލައިގަންނާނީ މިއަދު އިރުއޮއްސި 6 ޖަހަންދެން

މިއަހަރުގެ ރަމަޟާން މަހުގެ ފިތުރު ޒަކާތް އޮންލައިންކޮށް ބަލައިގަންނާނީ މިއަދު އިރުއޮއްސި 6 ޖެހުމާއަށް ކަމަށް އިިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
ރަމަޟާން މަސް ފެށުމާއެކު ފިތުރު ޒަކާތް ބަލައިގަންނަން ފަށާފައިވާއިރު އޮންލައިން އެކި ޕްލެޓްފޯމްތަކުން ދިޔައީ ޒަކާތް ބަލައިގަންނަމުންނެވެ. ނަމަވެސް ބަނޑޭރިޕޭ ފިޔަވައި އެހެން ޕްލެޓްފޯމްތަކުން އޮންލައިންކޮށް ޒަކާތް ދެއްކުން ރޯދަ މަހުގެ 27 ވަނަ ދުވަހު ވަނީ މެދުކަނޑާލާފަ އެވެ.
ފައިސާއިން ފިތުރު ޒަކާތް ބަލައިގަތުން ކުރިއަށްދާނީ ރަމަޟާން މަހުގެ ފަހު ދުވަހުގެ 17:30 އާ ހަމައަށް އިސްލާމިކް މިނިސްޓްރީގެ ހޯލުންނެވެ. އަދި ގޮވާމުން ފިތުރު ޒަކާތް ދެއްކުން ކުރިއަށްދާނީ މިރޭ 22:30 އާ ހަމައަށް މަޖީދިއްޔާ ސްކޫލްގެ ސަލާހުއްދީން ހޯލުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ