ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ފާރަލައި އެ ކޯޓުގެ ސިއްރު ބައެއް މައުލޫމާތުތައް ބައެއް ފަރާތްތަކާ ހިއްސާކުރި ކަމުގެ ތުހުމަތުގައި އެ ކޯޓުގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީީ) ޑރ. ހުސައިން ފާއިޒް މިއަދު ސަސްޕެންޑްކޮށްފި އެވެ.
ވީ ކިހިނެއް؟ - ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން(ޑީޖޭއޭ)ގެ އިސްވެރިޔާ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އައިޝަތު ރިޒްނާ މިރޭ 'ދައުރު'އަށް ވިދާޅުވީ ފާއިޒް ސަސްޕެންޑް ކުރީ އެ އިދާރާއަށް ހުށަހެޅިފައިވާ މައްސަލައެއް ތަހުގީގު ކުރުމުގެ ތެރޭގައި ފާހަގަވި ސީރިއަސް ކަންތައްތަކަކާ ގުޅިގެން ކަމަށެވެ. ސުޕްރީމް ކޯޓުގެ ސެކިއުރިޓީ އޮޑިޓެއް ހެދުމުގެ ތެރޭގައި ފާހަގި ކަންތައްތަކުގެ ގޮތުގައި ރިޒްނާ ފާހަގަކުރެއްވި ކަންކަމަކީ:
ސުޕްރީމް ކޯޓުގެ ސީސީޓީވީ ބޭނުންކޮށްގެން ފަނޑިޔާރުންގެ ހަރަކާތްތަކަށް ބަލައި ފާރަލާކަމުގެ ތުހުމަތު
ކޯޓުގެ އެތެރޭގެ ބައެއް މައުލޫމާތުތައް ކޯޓުން ބޭރު ފަރާތްތަކަކާ ހިއްސާކުރުމުގެ ތުހުމަތު
"ތަހުގީގު ނިމެންދެން ނޫނީ ސަސްޕެންޝަނާ މެދު އިތުރު ގޮތެއް ނިމެންދެން މިއަދުން ފެށިގެން ފާއިޒު ސަސްޕެންޑްކޮށްފައި ވަނީ،" ރިޒްނާ ވިދާޅުވި އެވެ.
ފާއިޒާ މެދު ހުށަހެޅި ތަހުގީގު ކުރަމުން އަންނަނީ ކޮން މައްސަލައެއް ކަމެއް ރިޒްނާ ވިދާޅެއް ނުވެ އެވެ.
ފަނޑިޔާރުންނަށް ފާރަލުމުގެ ތުހުމަތުގައި ސުޕްރީމް ކޯޓުގެ އެސްޖީ ސަސްޕެންޑްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ