ކަރަންޓު އިގްތިސާދު ކުރުމަށް އަނެއްކާވެސް ސްޓެލްކޯއިން އިލްތިމާސްކޮށްފި

މާލެ ސަރަހައްދުގެ ކަރަންޓުގެ ހިދުމަތް ބޭނުންކުރައްވާ ފަރާތްތަކުން ކަރަންޓު އިގްތިސާދު ކުރުމަށް އަނެއްކާވެސް ސްޓެލްކޯއިން އިލްތިމާސްކޮށްފިއެވެ
ސްޓެލްކޯއިން މިގޮތަށް އިލްތިމާސްކޮށްފައިވަނީ، މިދުވަސްވަރަކީ ދިވެހިރާއްޖެއަށް މިއަހަރުގެ ތެރޭ އެންމެ ހޫނުގަދަވާނެ ދުވަސްތައްކަމަށް ކަމަށް ވުމުން، މާލެއާއި ހުޅުމާލެ ހިމެނޭހެން މާލެ ސަރަހައްދުގެ އެވްރެޖް ޕަވަރ ޔޫސޭޖް ނުވަތަ އެވްރެޖް އެނާރޖީ ކޮންސަމްޕްޝަން ރެކޯޑު މިންވަރަކަށް އިތުރުވެފައިވާތީއެވެ.
ސްޓެލްކޯއިން ނެރުނު ނޫސްބަޔާނެއްގައި ހާމަކުރައްވާފައިވާ ގޮތުގައި، 24 އޭޕްރީލް 2023 ވަނަ ދުވަހުގެ މެންދުރު 14:10 ގައި ޕީކްލޯޑް 102 މެގަވޮޓަށްވުރެ މައްޗަށް ވަނީ އަރާފައެވެ. އެހެން ކަމުން ހުރިހާ ފަރާތްތަކުން ވެސް ކަރަންޓު އިގްތިސާދު ހާއްސަ ސަމާލުކަމެއް ދިނުމަށް ސްޓެލްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ.
އާންމު ގޭބިސީތަކާއި، ދައުލަތުގެ އިދާރާތަކާއި، ސަރުކާރުގެ ވުޒާރާތަކާއި، އޮފީސްތަކާއި، ސްކޫލްތަކުގެ އިތުރުން، ބޮޑެތި އަދި ކުދި ވިޔަފާރިތަކުންވެސް ކޮންމެހެން ބޭނުންވާ މިންވަރަށް ކަރަންޓު ބޭނުން ކުރުމަށް އިލްތިމާސްކުރަން – ސްޓެލްކޯއިން ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވެއެވެ.
އެ ބަޔާނުގައި އިތުރަށް ވިދާޅުވެފައިވާ ގޮތުގައި، އާންމު ގޭބިސީތަކުގެ ކަރަންޓު ބިލުގެ 40 އިންސައްތަ ހިއްސާކުރަނީ ފިނިކުރުމަށް ގެންގުޅޭ އެއާރކޮންޑިޝަން ފަދަ އާލާތްތަކުން ކަމަށްވާތީ، ހުރިހާ ފަރާތްތަކުންވެސް 25ºC އަށްވުރެ ދަށް ނުވާނެހެން އެއާރކޮންޑިޝަން ބެހެއްޓުމަށް ސަމާލުކަން ދިނުމަށެވެ.
އަދި ކޮންމެހެން ދިއްލަންޖެހޭ ދިއްލުންތަކާއި، ބޭނުން ކުރަންޖެހޭ ކަރަންޓު އާލާތްތައް ފިޔަވާ އިތުރު އާލާތްތަށް މިދުވަސްވަރު ބޭނުން ނުކުރުމަށް ސްޓެލްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މީގެ އިތުރުން، މިދުވަސްވަރު ޕީކް ހޭންޑްލް ކުރުމަށްޓަކައި، ހުރިހާ ފަރާތްތަކެއްގެވެސް އެއްބާރުލުމާއި، އެހީތެރިކަން އެކުންފުންޏަށް ބޭނުންވާ ކަމުގައި ސްޓެލްކޯއިން ވަނީ ދަންނަވާފައެވެ.
 
Your email address will not be published. Required fields are marked *
Comment *
Name
Email
Website
© 2022 Gaafu.mv. All rights reserved.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ