ހިންމަފުށީ ސުކޫލަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަތަކެއް ސްޓެލްކޯއިން ހައްލުކޮށްދީފި

ކ. ހިންމަފުށީ ސުކޫލަށް ދިމާވެފައިވާ ކަރަންޓުގެ ބައެއް މައްސަލަތައް ހައްލުކޮށްދީ، އެ ސުކޫލަށް ލެޑް ލައިޓްތަކެއް ސްޓެލްކޯއިން ހަދިޔާކޮށްފި އެވެ. 
ސްޓެލްކޯއިން ބުނީ ހިންމަފުށީ ސުކޫލުގެ ކަރަންޓުގެ ބައެއް މައްސަލަތައް ހައްލުކޮށްދީފައިވަނީ އެ ސުކޫލުގެ އެދުމުގެ މަތިން ކަމަށެވެ.
އެގޮތުން އެ ރަށު އިންޖީނުގޭގެ މުވައްޒަފުން އެ މައްސަލަތައް ހައްލުކޮށްދެމުން ކަމަށާ، އެގޮތުން ކޮމްޕިއުޓަރ ލެބާއި، ސްޓާފްރޫމްގެ މައްސަލަޖެހިފައިވާ ލައިޓްތައް ރަނގަޅު ކޮށްދިނުމުގެ އިތުރުން ވަޔަރިންގެ ބައެއް މައްސަލަތަށްވެސް ހައްލުކޮށްދީފައިވާ ކަމަށް ސްޓެލްކޯ އިން ބުނެއެވެ. 
Advertisement
މީގެ އިތުރުން، އިންޖީނުގޭގެ ފަރާތުން ހިންމަފުށީ ސުކޫލަށް ލެޑް ލައިޓްތަކެއްވެސް ހަދިޔާކޮށްފައިވާ ކަން ސްޓެލްކޯ އިން ވަނީ ފާހަގަކޮށްފަ އެވެ. 
މީގެ ކުރިންވެސް ސްޓެލްކޯ އިން ވަނީ އެކި ރަށްރަށުގައި ހުންނަ ސަރުކާރުގެ މުވައްސަސާތަކަށް ދިމާވާ ކަރަންޓުގެ މައްސަލަ ހައްލު ކޮށްދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ