ޖޫން 2 ގައި ކުރަން އުޅެނީ ބަޣާވާތެއް – މެމްބަރު ރާއީ

އަންނަ ހުކުރުގައި އިދިކޮޅު ފަރާތްތަކުން ކުރަން އުޅޭ މުޒާހަރާ " ބާނަ ބާނާ ތިއްބާ ތިޔަ ވިއްކާލީ ކަނޑު" ގެ ނަމުގައި ކުރަން އުޅެނީ ބަޤާވާތެއް ކަމަށް ހދ. މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ތުހުމަތު ކުރަައްވައިފިއެވެ.
މޮރިޝަސް އާއި ރާއްޖެއާއި ދެމެދު އޮތް ކަނޑުގެ ބައުންޑަރީ ކަނޑައެޅުމުގައި ކަންތައް ނިމިފައި އޮތް ގޮތުން ދެކުނުގެ މަސްކަނޑު ބައެއް ގެއްލުނީކަމަށް ވާކާލާތުކުރައްވާ ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ވަނީ ކަނޑު ވިއްކުމާ ދެކޮޅު އިއްތިހާދެއް ހަދާފައެވެ. އަދި އިއްތިހާދުން ކަނޑު ވިއްކުމާއި ދެކޮޅަށް ކަމަށް ބުނާ ބޮޑު މުޒާހަރާއަކަށް ތައްޔާރުވަމުންދާ ކަމަށް ބުނާ ބެނާތައް މާލޭގައި މަގުތަކުގައި ވަނީ ދަމާފައެވެ.
ކަނޑުވިއްކުމާ ދެކޮޅު އިއްތިހާދުން ތައްޔާރުވަމުން އަންނަ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ 2 ޖޫން 2023 ވާ ހުކުރު ދުވަހުގެރޭ 20:30ގައި ކާނިވާ ސަރައްހައްދުގައެވެ.
މިކަމާއި ގުޅޭ ގޮތުން މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މެންބަރު ރާއީ ވިދާޅުވީ ޗާގޯސް މައްސަލައިގައި 2 ޖޫންގައި ރާއްޖޭގައި ކުރަން އުޅެނީ ކަނޑައެޅިގެން ބަޣާވާތެއް ކަމަށެވެ. އަދި އެ އެއްވުމުގައި އެއްވެސް ރައްޔިތަކު ބައިވެރިނުވުމަށް އެދޭ ކަމަށް މެންބަރު ރާއީ ވިދާޅުވިއެވެ.
ރާއީ ވިދާޅުވީ މީގެ ކުރިންވެސް މިފަދަ ކަންކަން ހިނގާފައިވާ ކަމަށާއި، އެކަންކަމުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވި އުނދަގޫ ފެނިގެން ގޮސްފައިވާ އެހެންކަމުން އެއްވެސް ރައްޔިތަކު އަމިއްލައަށް ކުށެއްގެ ތެރެއަށް ނުދިއުމަށް އެދޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއީ މިމޭރުމުން ވިދާޅުވެފައިވާއިރު ރާއްޖޭގެ ސިޔާސީ ގިނަ ޕާޓީތަކަކުން އަންނަނީ މި އެއްވުމުގައި ބައިވެރިވާނެކަން އިއުލާނުކުރަމުންނެވެ. ނަމަވެސް ސަރުކާރުގެ ކޯލިޝަންގައި އޮތް ޖޭޕީއިން ކަނޑުވިއްކާލުމާއި ދެކޮޅަށް އަޑު އުފުލަމުން ދިޔަ ނަމަވެސް މި އެއްވުމައި ބައިވެރިވުމަށް އެޕާޓީގެ ލީޑާރު ވަނީ ޕާޓީގެ މެމްބަރުންގެ ކިބައިން އެދިވަޑިގެންފައެވެ. ޖޭޕީގެ ލިޑަރު ގާސިމް އިބްރާހިމްވެސް ނުސީދާކޮށް މި އެއްވުން ސިފަކުރައްވާފައިވަނީ ގައުމުގެ އަމާކަން ނަގައިލުމަށް ބަޔަކު ރާވާ އެއްވުމެއްގެ ގޮތުގައި އެވެ.
Your email address will not be published. Required fields are marked *
Comment *
Name
Email
Website
© 2022 Gaafu.mv. All rights reserved.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ