މާތްالله ރަޙްމަތް ނުވާ ނަމަ އުރެދުންތަކަށް ވަގުތުން އަޛާބު ދެއްވީސް: ޚުތުބާ

މާތް الله ގެ ރަހުމަތްފުޅު ނުވާނަމަ، އަހަރެމެންގެ ފާފަތަކަށާއި އުރެދުންތަކަށް ވަގުތުން އަޛާބު ދެއްވީސް ކަމަށް މިއަދު ހުކުރު ޚުތުބާގައި ބުނެފިއެވެ. 
"މާތް الله ގެ ރަހުމަތްފުޅުގެ ތަނަވަސްކަން" މި މައުޟޫއަށް މިއަދު ދިން ހުތުބާގައި ބުނީ އެކަލާނގެއީ އެކަލާނގެ ހެއްދެވި އެންމެހައި އަޅުންނަށް، މުސްލިމުންނަށައި ކާފިރުންނަށް ވެސް ދުނިޔެމަތީގައި ރަހްމާންވަންތަ ރަސްކަލާނގެ ކަމަށެވެ. އަދި އެކަލާނގެ ރަހުމަތްފުޅު ނުވާނަމަ، އިންސާނާ ކުރާ ފާފަތަކަށް އެވަގުތުން ވަގުތަށް އޭނާއަށް އަޒާބު ދެއްވީސް ކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ.
އެހެން ނަމަވެސް، އެކަލާނގެ އަށް އުރެދޭ މީހުންނަށްވެސް މުހުލަތު ދެއްވާކަމަށާ، ޝަރީކު ކުރާ މީހުންނަށް ވެސް އެކަލާނގެ މުހުލަތު ދެއްވާކަން ޚުތުބާގައި ފާހަގަކޮށްފައިވެ އެވެ. އަދި އެފަދައިން އެކަލާނގެ ކަންތައްތައް ކުރައްވަނީ އެކަލާނގެ ރަހްމަތްވަންތަ ކަމުގެ ބޮޑު ކަމުން ކަމަށް ހުތުބާގައި ބުންޏެވެ.
Advertisement
އެހެންކަމުން، ޚުތުބާގައި އެންމެހައި ފަރާތްތަކަށް ވެސް ގޮވާލާފައި ވަނީ އެކަކު އަނެކަކަށް ރަހުމް ކުރުމަށެވެ. އޭރުން އޭރުން الله އެމީހަކަށް ރަޙްމަތް ލައްވާނެ ކަމަށް ބުނެފައިވެއެވެ. 
"ރަޙްމުކުރާ މީހަކަށް ތިބާވާށެވެ! އޭރުން الله ތިބާއަށް ރަޙްމަތް ލައްވާނެއެވެ. އެންމެ ފުރަތަމަ ތިބާގެ ނަފްސަށް ތިބާ ރަޙުމު ކުރާށެވެ! އުރެދުންތަކަށް އަރައިގަތުމާ ދުރުހެލި ވެގެންނެވެ. ތިބާގެ ނަފްސު الله އަށް ކިޔަމަށް ގަތުމަށް އާދަ ކުރުވާށެވެ! ހެޔޮމަގުގައި ދަތުރު ކުރާށެވެ. ބާއްޖަވެރިކަމުގެ މަގު އިޙްތިޔާރު ކުރާށެވެ! އޭރުން الله ގެ އަޒާބުން ތިބާގެ ނަފްސު ރައްކާތެރި ކުރެވޭނެއެވެ. ތިބާގެ ނަފްސު ކަންބޮޑުވުމުން ދުރަށް ލެވޭނެއެވެ. الله ގެ ކޯފާއާ ދުރަށް ދެވޭނެއެވެ. ޤިޔާމަތްދުވަހުން ހިތާމަކުރާންޖެހޭ މީހަކަށް ނުވާނެއެވެ." ޚުތުބާގައި ނަސޭހަތްތެރިވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ