ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގެ ކެމްޕެއިން އެމްޑީޕީން ފަށައިފި

ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީން ނިކުންނަ ކެންޑިޑޭޓުގެ ކެމްޕެއިން ފަށައިފިއެވެ.
މި އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަ ކުރަނީ އިބްރާހިމް ޝާޒްއެވެ. އޭނާގެ ކެމްޕެއިނަށް މިއަދު އެމްޑީޕީގެ ލީޑާޝިޕުގެ ބައެއް ބޭފުޅުންނާއި ބައެއް ވަޒީރުންގެ އިތުރުން ބައެއް ކުންފުނިތަކުގެ އިސްވެރިން މިއަދު ވަނީ ގުރައިދޫ ދާއިރާ އަށް ދަތުރު ފަށައިފައެވެ.
މި ދަތުރުގައި ދޮރުން ދޮރަށް ހިނގާ، އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދު ހޯދުމުގެ މަސައްކަތްތައް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
އެމްޑީޕީގެ އިތުރުން މި އިންތިހާބުގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވެސް ކެންޑިޑޭޓަކު ނެރެއެވެ. އަދި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން ވެސް މި އިންތިހާބުގައި ކެންޑިޑޭޓަކު ނެރުމަށް ވަނީ ހަމަޖެހިފައެވެ.
އަންނަ މަހުގެ 15 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުން ބާއްވާ ގުރައިދޫ ދާއިރާގެ މަޖިލިސް ބައި އިލެކްޝަންގައި ވޯޓުލުމުގެ ހައްގު 3،000 ވުރެ ގިނަ މީހުންނަށް ލިބިގެންވެއެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަން އިއުލާން ކުރީ އެ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ އަވަހާރަވުމާ ގުޅިގެންނެވެ. ރިޒާ އަވަހާރަވީ މިދިޔަ މަހުގެ 23 ވަނަ ދުވަހު މެލޭޝިއާގައެވެ. އަވަހާރަވީ ކެންސަރަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
Your email address will not be published. Required fields are marked *
ހިޔާލު *
ނަން
Δdocument.getElementById( "ak_js_1" ).setAttribute( "value", ( new Date() ).getTime() );
© 2021-2023 Hathaavees Online | All Rights Reserved.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ