ރައީސްގެ އިއުލާނެއް؛ މިފްކޯއަށް ދެން ގެންނާނީ ބޭރުގެ ތަޖުރިބާކާރެއް

"މިފްކޯ ދެން ނަގާ ކޮޅަށް ޖެހޭނީ ދުނިޔޭގެ ފެންވަރުގެ އެންމެ މަތީ ފެންވަރު ގައި ކުންފުނިތަށް ހިންގާފައި ހުރި ހިންގުންތެރި ތަޖުރިބާކާރު މީހަކު ހަޔާ ކޮށްގެން ގެނެސް މިފްކޯއާ ހަވާލުކޮށްގެން،"
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ ސީއީއޯގެ މަގާމަށް ދެން ގެންނަވާނީ ބޭރުގެ ތަޖުރިބާކާރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
މިފްކޯއަށް ޗީފް އެކްޒެކެޓިވް އޮފިސަރެއް ހޯދަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)އިން މިދިޔަ މަހުގެ 26 ވަނަ ދުވަހު އިއުލާނު ކުރި އެވެ. ނަމަވެސް މުއްދަތު ހަމަވުމުން ޕީސީބީން ބުނީ ޝަރުތު ހަމަވާ މީހަކު ކުރިމަތި ނުލާ ކަމަށެވެ.މިރޭ އޮތް މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުގެ ކުންފުނިތައް ރިފޯމް ކުުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުން ގެންދާ ކަމަށެވެ. އެފަދަ އެންމެ ގިނަ މަސައްކަތް ކުރެވުނު އެއް ކުންފުންޏަކީ މިފްކޯ ކަމުގައި ވިދާޅުވި އެވެ.ރައީސް ވިދާޅުވީ މިފްކޯ ދެން ކޮޅަށް ޖެހޭނީ އެންމެ މަތީ ފެންވަރުގައި ކުންފުނިތައް ހިންގާފައިވާ ބޭރުގެ ތަޖުރިބާކާރަކަށް ކަމަށެވެ. މިފްކޯ ހިންގުމަކީ ދިވެހީންނަށް ނުކުރެވޭނެ ކަމެއް ނޫން ކަމަށާ ނަމަވެސް މިހާތަނަށް ކުރެވުނު ތަޖުރިބާއަށް ބަލާއިރު މިފްކޯއަސް ބޭނުން ވަނީ މި ސިނާއަތާއި ގުޅުމެއް ނެތް މިނިވަން ކަމާއެކު މަސައްކަތް ކުރާނެ ތަޖުރިބާހުރި އިހްލާސްތެރި މީހަކަށް ރައީސް ވިދާޅުވި އެވެ.އަދި ވިދާޅުވީ މިފްކޯ މިފްކޯއަށް އަސްލު ދިމާވެފައިވާ މައްސަލައާ މިފްކޯ ދަރަނިވެރިވާ ގޮތް އެނގިވަޑައިގަންނަވާ ކަމަށެވެ. "މިފްކޯ ދެން ނަގާ ކޮޅަށް ޖެހޭނީ ދުނިޔޭގެ ފެންވަރުގެ އެންމެ މަތީ ފެންވަރު ގައި ކުންފުނިތަށް ހިންގާފައި ހުރި ހިންގުންތެރި ތަޖުރިބާކާރު މީހަކު ހަޔާ ކޮށްގެން ގެނެސް މިފްކޯއާ ހަވާލުކޮށްގެން،" ރައީސް ވިދާޅުވި އެވެ.ކަނޑައެޅި ޝަރުތުތައް ފުރިހަމަވާ މީހަކު ކުރިމަތިލާފައި ނުވާ ކަމަށް ބުނެ ޕީސީބީން އިއުލާނު ބާތިލު ކުރި ނަމަވެސް މިފްކޯއާ އެމްޓީސީސީ ހިންގުމުގައި ގިނަ އަހަރުތަކަކު މަސައްކަތް ކުރެއްވި މ. އާސްތާނާ އަހްމަދު އާތިފް ޝަކޫރާއި އެ ނޫން ވެސް ތަޖުރިބާކާރު ދެ ތީން ބޭފުޅަކު އެ މަގާމަށް ކުރިމަތި ލެއްވި އެވެ. އެ ތަފްސީލެއް ޕީސީބީން ނުދެ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ