ރޯދަ މަހާ ދިމާކޮށް، ކަރަންޓު ނުކެނޑި ޚިދުމަތް ދެވޭނެ ހުރިހާ ގޮތެއް ދަނީ ހޯދަމުން: ހުސައިން ފަހުމީ

ކުރިއަށް އޮތް ރޯދަމަހާ ދިމާކޮށް، ނުވަތަ ޕީކާ ދިމާކޮށް ކަރަންޓު ނުކެނޑި ޚިދުމަތް ދެވޭނެ ހުރިހާ ގޮތެއް ހޯދަމުންދާ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓރ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ހުސައިން ފަހުމީ މިމޭރުމުން ވިދާޅުވީ ޕީ.އެސް.އެމް ދުވެލި ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ހޫނު މުސުމަށް ސްޓެލްކޯއިން ވަމުންދާ ތައްޔާރީތަކާއި ގުޅޭގޮތުން ފަހުމީ ވިދާޅުވީ، ޖުމްލަގޮތެއްގަ ކަރަންޓް ދިނުމަށް ބޭނުންވާ ކެޕޭސިޓީ މިވަގުތު ސްޓެލްކޯގައި އެބަހުރި ކަމަށެވެ.
Advertisement
އެހެން ނަމަވެސް، ކަރަންޓް އެންމެ ގިނައިން ބޭނުން ކުރާ މޫސުން، މިފަހަރު ދިމާވަނީ ރޯދަމަހާއި ދިމާކޮށް ކަމުން، އެކަމަށްޓަކައި ޚާއްސަ ތައްޔާރީތަކެއް ވަމުންދާ ކަމަށް ފަހުމީ ވިދާޅުވި އެވެ.
"މިއަހަރުގެ ޕީކް، މި ސީޒަންގަ އަޅުގަނޑުމެންނާ މި ދިމާވަނީ ރޯދަ މަހާ ދިމާކޮށް. އެހެންވީމާ އަޅުގަނޑުމެން ޚާއްސަ ފިޔަވަޅުތަކެއް އެބަ އަޅަން." ފަހުމީ ވިދާޅުވިއެވެ.
މީގެ އިތުރުންވެސް، އިތުރު ޕަވަރ ޕްލާންޓްތައް އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރާކަމަށާއި، ނެޓްވަރކަށްވެސް މިވަގުތު ގެންނަންޖެހޭ ބަދަލުތައް ގެންނަމުންދާކަމަށްވެސް ފަހުމީ ވިދާޅުވިއެވެ.
ހަމަ އެހެންމެ، މާލޭގެ ނާޒުކު ސަރަހައްދުތައް ނުވަތަ އިންފްރާސްޓްރަކްޗަރތަކަށް ކަރަންޓު ލިބޭވަރަށް ބެކްއަޕެއް ހުންނަންޖެހޭ ކަމަށް ޤަބޫލުކުރައްވާކަމަށާއި، މުސްތަޤުބަލުގައި މާލޭގެ ޕަވަރ ޕްލާންޓަކީ ނުހިންގާ ޕަވަރ ޕްލާންޓަކަށް ވެގެން ދާނޭ ކަމަށެވެ.
އެހެންނަމަވެސް ބެކްއަޕެއްގެ ގޮތުގަ ބޭނުންކޮށްފަ ހުޅުމާލެ ނުވަތަ ތިލަފުށި ކަހަލަ ތަނެއްގަ ބޮޑު ޕަވަރ ޕްލާންޓެއް އަޅައިގެން ޕަވަރ އިންޕޯޓްކޮށްގެން ޑިސްޓްރިބިއުޓް ކުރާކަހަލަ ނިޒާމެއް އެސްޓެބްލިޝް ކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ފަހުމީ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ