ރާއްޖޭގެ ދެކުނަށް މޫސުން ގޯސް، ސަމާލުވޭ!

ލ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރިއްޖެއެވެ.
މެޓް އޮފީހުން ސަމާލު ނެރުނީ 5 ޖަނަވަރީގެ ރޭގަނޑު 7:45 އިން 6 ޖަނަވަރީގެ މެންދަމު 2:00 އާ ހަމައަށެވެ.
ސަމާލު ނެރުން ސަބަބެއް ކަމަށް ބުނެފައިވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭތީއެވެ.
މީގެ އިތުރުން ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.
ކުރިއަށް އޮތް 24 ގަޑިއިރަށް މުޅި ރާއްޖެއަށް އާންމު ގޮތެއްގައި މޫސުން ލަފާކުރެވޭ ގޮތަށް ބަލާއިރު ބައެއް ރަށްތަކަށް ވިއްސާރަ ކުރާނެ އަދި ގުގުރުން އެކަށީގެންވެއެވެ.
އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވައިޖެހޭނީ އާންމު ގޮތެއްގައި ދެކުނާއި ހުޅަނގުދެކުނުުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އެ ސަރަހައްދުތަކުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ