ކުންފުނިތަކުގެ ބޯޑު ޑިރެކްޓަރު ކަމަށް ކުރިމަތިލުމަށް މާލީ ދާއިރާގެ ބޭފުޅުންނަށް ހުޅުވާލައިފި

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކުރާ އެކައުންޓިން އެންޑް ފައިނޭންސް ދާއިރާގެ ޑިރެކްޓަރުންގެ ބޯޑެއް އެކުލަވާލުމަށް ނިންމައިފިއެވެ.ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ކުންފުނިތަކުގެ ނަން-އެގްޒެކެޓިވް ޑިރެކްޓަރުންނަށްވާން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި ޝަރުތުތަކުގެ ތެރޭގައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ފެންވަރު ކަނޑައަޅާފައިވާ އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް އެކައުންޓިން (އައިއެފްއޭސީ) އިން ގަބޫލުކުރާ ޕްރޮފެޝަނަލް އެކައުންޓިން ބޮޑީއެއްގެ މެންބަރަކަށްވުން ހިމެނެ އެވެ.އެކައުންޓިން އެންޑް ފައިނޭންސް ޑިރެކްޓަރުންގެ މައިގަނޑު މަސްއޫލިއްޔަތުތަކަކީ ކުންފުނީގެ ގާނޫނާއި، އައްޔަންކުރެވޭ ކުންފުނީގެ އާޓިކަލް އޮފް އެސޯސިއޭޝަން އަދި ކޯޕަރޭޓް ގަވަނެންސް ކޯޑުގައި ބަޔާންކޮށްފައިވާ މަސްޢޫލިއްޔަތާއި ޒިންމާތައް އަދާކުރުމެވެ.ޕީސީބީން ބުނީ ޑިރެކްޓަރުންގެ ޕޫލަށް ކުރިމަތިލާ މީހުން ތަރުތީބުކުރާނީ މައިގަނޑު ފަސް ކަމަކަށް ބަލައި ދެވޭ މާކްސް އަށް ބުނާކޮށް ކަމަށެވެ. އެގޮތުން ތަޢުލީމީ ފެންވަރަށް 20 ޕަސެންޓް، ތަޖުރިބާ، ފައިނޭންސް/އެކައުންޓިން ދާއިރާގެ ތަޖުރިބާ 20 ޕަސެންޓް ގުޅުންހުރި ތަމްރީނުތައް އަދި އިންޓަވިއު އިން 40 ޕަސެންޓެވެ.މި ބަދަލުގެ ސަބަބުން، ކުންފުނިތަކުގެ ބޯޑުގައި އެކައުންޓިން އަދި ފައިނޭންސް ދާއިރާގެ ތަޖުރިބާ ހުރި، އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް އެކައުންޓަންޓްސް (އައިފެކް)އިން ގަބޫލުކުރާ ފެންވަރުގެ ފަންނީ ޑިރެކްޓަރެއް ހިމެނޭކަން ޔަގީން ކުރެވޭނެ ކަމަށް އެ ބަޔާނުގައި ބުންޏެވެ. އެހެންކަމުން، ނަން އެގްޒެކެޓިވް ޑިރެކްޓަރުންގެ ގޮތުގައި މާލީ އަދި އެކައުންޓިން ދާއިރާގެ ޕޫލުގައި ބައިވެރިވުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 15 އާ ހަމައަށް ޕީސީބީން ވަނީ ހުޅުވާލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ