އިއްޒުއްދީން ސްކޫލުގެ 600 ދަރިވަރުންގެ މުސްތަގުބަލް އެއްވެސް ރަހުމެއް ހަމްދަރުދީްއެއްނެތި”ފުނޑާލުމަށްފަހު” މަހުޖަނު ގާސިމް ހަނު!

ހީލަތްތެރި ރޭވުމެއްގެ ދަށުން, ރައީސް މުއިއްޒުއާއި ޑީލް ހައްދަވާ, އިއްޒުއްދީން ސްކޫލުގައި ތައުލީމު ހާސިލް ކުރަމުންދާ 600 ދަރިވަރުންގެ މުސްތަގުބަލް އެއްވެސް ރަހުމެއް ހަމްދަރުދީއެއްނެތި “ފުނޑާލުމަށްފަހު” މަހުޖަނު ގާސިމް ހަނު ހުންނަވައިފިއެވެ.
ރައީސް މުއިއްޒު ގާސިމް އިބުރާހިމްޢާއެކު ހެއްދެވި ޑީލެއްގެ ދަށުން, މި ސަރުކާރުން މިޙާރުވަނީ އިއްޒުއްދީން ސްކޫލް އެންމެ ފަހުން ބަންދު ކުރަން ނިންމާ, އަދި އެ ސްކޫލުގައި ކިޔަވަމުންދާ އެތައްސަތޭކަ ދަރިވަރުން ސަރުކާރުގެ އެހެން ސްކޫލުތަކަށް ބަހާލުމަށްވެސް ހަމަޖައްސާފައެވެ.
“ދިޔަވަރު އޮންލައިން”އާއި ވާހަކަ ދެއްކި އެޑިއުކޭޝަން މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި, ޢިއްޒުއްދީން ސްކޫލް ހިންގި އިމާރާތް, މަހުޖަނު ގާސިމް އިބުރާހިމްއަށް ދިނުމަށް މުއިއްޒު ވައުދުވީ ފާއިތުވި މަޖިލިސް އިންތިޚާބަށް ގާސިމް އިބުރާހިމް ޚަރަދު ކޮށްދިނުމަށް ވީ އެއްބަސް ވުމާއެއްގޮތަށް ކަމުގައެވެ.
ގާސިމް އިބުރާހިމް ވަނީ ފާއިތުވި މަޖިލިސް އިންތިޚާބުގައި ޕީއެންސީއަށް 50 މިލިއަން ރުފިޔާ ޚަރަދު ކޮށްފައެވެ. އޭގެ ބަދަލެއްގެ ގޮތުން, ގާސިމް އިބުރާހިމްގެ ވިލާ ކޮލެޖްއާއި އިއްޒުއްދީން ސްކޫލް ހިންގާ އިމާރާތް ހުރި ބިން އެއްކޮށްލުމަށް ބޭނުންވެ ގާސިމް އެދުނު އެދުމާއި އެއްގޮތަށް އިއްޒުއްދީން ސްކޫލު ހުރި އިމާރާތް ވިލާ ކޮލެޖަށް ދިނުމަށް މުއިއްޒު އެއްބަސްވެފައިވާކަމަށް “ދިޔަވަރު އޮންލައިން”އާއި މައުލޫމާތު ހިއްސާކުރި މިނިސްޓްރީގެ އިސް އޮފިޝަލް ވިދާޅުވެފައި ވެއެވެ.
އެހެންނަމަވެސް މިކަން ރަސްމީކޮށް މިސަރުކާރަށް އިއުލާން ނުކުރެވިގެން އުޅެނީ އެ ސްކޫލުގެ ބެލެނެވެރިން ޕްރެޝަރާހެދިއެވެ. ސްކޫލުގެ ބެލެނެވެރިން ބުނަމުންދަނީ, އެހެން ސްކޫލެއް ތޮށްޖައްސާން, އިއްޒުއްދީން ސްކޫލުގެ ދަރުވަރުން އެހެން ސްކޫލަކަށް ބަދަލުކުރުމަށް އެއްބަސް ނުވާނެކަމުގައެވެ. އޭގެ ސަބަބަކީ މިހާރުވެސް މާލޭގެ ސްކޫލުތައް ފުރިބާރުވެފައިވާއިރު, އިއްޒުއްދީން ސްކޫލުގެ 600 މާލޭގެ އެހެން ސޫލުތަކަށް ބަލާހައިފިނަމަ ސްކޫލުތައް އިތުރަށް ތޮށްޖެހި, ކުރިންގެ ކިޔެވުން ބަރުބާދު ވެގެން ދާނެކަމުގައެވެ.
މަކަރުވެރި ހީލަތްތެރި ރޭވުމެއްގެ ދަށުން އިއްޒުއްދީން ސްކޫލު ބަންދު ކުރުމަށް ނިންމުނާއި ގުޅިގެން އެ ސްކޫލުގެ 600 ދަރިވަރުންގެ ބެލެނެވެރިން އެތައް ޝަކުވާއެއްކޮށް, ނުރުހުން ފާޅުކުރަމުންދާއިރުވެސް, މަހުޖަނު ގާސިމް އިބުރާހިމް އަދިވެސް ހުންނެވީ ހަނުއެވެ. އަދި ހުންނެވީ ނުދަންނަ މީހާކަމަށް ހެދިގެންނެވެ.
“ދިޔަވަރު އޮންލައިން”އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި, އިއްޒުއްދީން ސްކޫލްގައި ކިޔަވަމުންދިޔަ ދަރިވަރުން ބަހާލަނީ މާލޭގެ އެކި ސްކޫލްތަކަށެވެ. މިނިންމުން އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައިވަނީ ބެލެވެރިންގެ ނުރުހުމުގައެވެ.
“ދިޔަވަރު އޮންލައިން”އާއި މައުލޫމާތު ހިއްސާކުރި ބެލެނެވެރިޔަކު ވިދާޅުވީ, ބެލެނެވެރިންގެ ރުހުމާއި ދެކޮޅަށް އިއްޒުއްދީން ސްކޫލުގައި ކިޔަވަމުންދިޔަ ދަރިވަމުން އެކި ސްކޫލުތަކަށް ބަދަލުކުރަން ނިންމައިފިނަމަ މުޒާހިރާކުރުމަށް ބެލެނެވެރިން ދަނީ ތައްޔާރު ވަމުންނެވެ. އަދި މި މުޒާހިރާތައް މަހުޖަނު ގާސިމްގެ ވިލާ ކޮލެޖް ކުރިމަތީގައާއި ގޭދޮށުގައިވެސް ކުރާނެކަމުގައި ބެލެނެވެރިން ބުނެފައި ވެއެވެ.
ރައީސް މުއިއްޒު ގެންދަވަނީ މަޖިލިސް އިންތިޚާބު ނިމުމާއެކު ރައްޔިތުންގެ އިހުސާސްތަކާއި ވިންދަށް ބެލުމެއްނެތި ސިޔާސީ މަންފާއަށް, ސަރުކާރުން ބޭނުންވާ ގޮތަށް ކަންކަން ނިންމަވަމުންނެވެ.
އިއްޒުއްދީން ސްކޫލް ހިންގާ އިމާރާތަކީ ކުރީގެ އެމްއީއެސް ހިންގަން މީގެ ތިރީހަކަށް އަހަރު ކުރިން ސަރުކާރުން ހަދައި ދިން ތަނެކެވެ. ފާރުތަކުގައި ރެނދުލާފައި ވާތީ އެމާރާތުގައި ރެނދުލުމުގެ ސަބަބުން އިއްޒުއްދީން ސްކޫލްގެ ލައިބްރަރީ ވެސް ބަންދު ކޮށްފައި ހުންނަތާ ދުވަސްތަކެއް ވެއްޖެ ކަމަށް ވެ އެވެ.
001
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ